މުސްލިމުން ދެކެ ލަންޑަން މީހުން ބިރުގަންނަވަމުން މުސްލިމަކު މޭޔަރުކަމަށް ކެމްޕޭން ފަށައިފި

މުސލްިމުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ނަމާދުކޮށް ތުބުޅި ބަހައްޓާ މުސްލިމުންނަކީ ހަރުކަށި އިޚުވާނުލްމުސްލިމޫން ފިކުރުގެ މީހުން ކަމަށް ބުނެ އިނގިރޭސިން ބިރު ގަންނަވަމުން މިސްރު ދަރިކޮޅުގެ އަންހެނަކު ލަންޑަންގެ މޭޔަރުކަމަށް ކުރިމަތިލައިފިއެވެ. އޭނާ ކުރިމަތި ލާފައި ވަނީ ބްރިޓިޝް ރިފޯމް ޔޫކޭ ޕާޓީގެ ފަރާތުން ނެވެ.

މި މީހާއަކީ މިސްރުގެ ނަސްލަށް ނިސްބަތްވާ ލައިލާ ކަނިންހަމް، އެވެ. މިސްރުގެ ލާދީނީ މީހުންނަކީ އިޚުވާނުލްމުސްލިމޫން އަށް އެލާޖިކްވާ ބައެކެވެ،.

ލައިލާ ވަނީ އިނގިރޭސިވިލާތުގައި ހަރުކަށި ފިކުރު ފެތުރެމުންދާ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ. އޭނާ ބުނި ގޮތުގައި އިނގިރޭސިވިލާތަކީ މިހާރު މެދުއިރުމަތީގެ ބައެއް ހަރުކަށި ޖަމާއަތްތަކަށް ފަހި މާހައުލަކަށް ވަނީ ވެފައެވެ.

"ހަގީގަތް ހެޑްލީއާއެކު" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ލައިލާ ފާހަގަކުރި ގޮތުގައި، ގަލްފުގެ ގައުމުތަކުން މުސްލިމް ބްރަދަހުޑް ފަދަ ޖަމާއަތްތަކުގެ ނުރައްކަލާ ބެހޭގޮތުން ލަންޑަނަށް ތަކުރާރުކޮށް އިންޒާރު ދީފައިވެއެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

އޭނާ އެ އިޝާރާތް ކޮށްފައި ވަނީ އިސްލާމޯފޯބިއާ ނޫނި މުސްލިމުންނާ މެދު ނުބައި ތަސައްވުރެއްދީ ބިރުވެރިކަން ފެތުރުމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން ޒާއިދު އިސްވެ ހުރެ ކޮށްފައިވާ މަސައްކަތަށެވެ!

ލައިލާ ބުނި ގޮތުގައި އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ބިރުގަނެ ފަސްޖެހެނީ "އިސްލާމޯފޯބިއާ" ގެ ތުހުމަތު އަތުވެދާނެތީއެވެ. މި ފަސްޖެހުމުގެ ސަބަބުން ގައުމުގެ ސަލާމަތީ އަދި އިޖުތިމާއީ ގޮންޖެހުންތައް އިތުރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ހިޖުރަ ވެރިންނާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، މިހާރު އިނގިރޭސިވިލާތަށް އެތެރެވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

"އަހަރެންގެ އާއިލާ 1960 ގެ އަހަރުތަކުގައި އިނގިރޭސިވިލާތަށް އައިއިރު، ހިޖުރަކުރާ މީހުންގެ އަދަދު މަދު، އަދި މުޖުތަމައާ ގުޅިގެން އުޅުމަކީ މަޖުބޫރު ކަމެއް. ނަމަވެސް މިއަދު އޮތީ މުޅިން ތަފާތު ހާލަތެއް،" ކަނިންހަމް ކިޔައިދިނެވެ.

އާންމުކޮށް އިނގިރޭސިވިލާތުގައި ހިޖުރަ ކޮށްފައިވާ މީހުންނަކީ އެހެން ހިޖުރަ ވެރިންނާ ދެކޮޅުވެރި މާ ހަރުކަށި ބައެކެވެ،. އެކަން ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އައްޔަން ކުރި އިންޑިއާއާއި ޕާކިސްތާން ދަރިކޮޅުގެ މީހުންގެ ފަރާތުން ފެނިފައެވެ. މިމީހުންގެ ފަރަންޖީކަން އުޅެނީ އިނގިރޭސިންނަށް ވުރެން މ،ާ މަތީގައެވެ.

މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ހަރުކަށި ފިކުރުގެ މީހުން ބާއްވާ މުޒާހަރާތަކަށް ދޫދޭ ކަމަށޑާއި ގައުމީ ފިކުރުގެ އިނގިރޭސިން ބާއްވާ ހަރަކާތްތަކަށް ހަރުކަށިކޮށް ފިޔަވަޅު އަޅާކަމަށްވެސް މި އަންހެނާ ބުންޏެވެ.

އަދި މުސްލިމް ބްރަދަހުޑަކީ މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް އޭނާ ގޮވާލިއެވެ.

މިހިނދު މިހާތަނަށް އިސްލާމިކް ބުރަދަހުޑް ނުވަތަ އިޚުވާނުލް މުސްލިމޫންއާ ގުޅުވައިގެން ދުނިޔޭގައި އެއްވެސް ތާކު އެއްވެސް ޓެރަރިސްޓް ހަމަލައެއް ރެކޯޑް ކުރެވިފައެއް ނުވެއެވެ.
އިޚުވާނަކީ ވެރިކަމުގެ ނިޒާމުގައި އިސްލާމީ އުސޫލުތައް ހިމެނުމަށް 1926ގައި ޙަސަނުލްބަންނާ އެކުލަވާލެއްވި ޖަމާއަތެކެވެ.
މި ޖަމާއަތަށް ހުތުރު ނަން އެރުވީ 1956 ގައި މިސްރުގެ ސުއޭސް ކެނަލް ބަންޑާރަ ކުރާކަން އިއުލާން ކުރުމަށް މިސްރުގެ ރައީސް ޖަމާލު އަބްދުއްނާސިރު ތަގްރީރު ކުރައްވަނިކޮށް އޭނާއަށް ހަމަލަ ދިނީ އިޚުވާނުލްމުސްލިމޫން އިން ކަމަށް ބުނެ ޕްރޮޕެގެންޑާ ކުރި ހާދިސާއަށް ފަހުއެވެ. އެކަން ކުރީ އޭނާގެ ޖާސޫސީ އިދާއާއި އިސް ޖެނަރަލް އަބްދުލްހަކީމް އާމިރު ގުޅިގެންނެވެ. އެއަށްފަހު ނާސިރު ވަނީ އިޚުވާން ފިކުރުގެ އެތައް ބަޔަކު ޖަލަށް ލައި އަނިޔާކޮށް ހަދާފައެވެ. އަދި އެތައް ބަޔަކު ދަންޖައްސައި އެފިކުރު ފޮހެލަން މަސައްކަތް ކޮށްފައެވެ.

ޖަމާލު އަބްދުއްނާސިރުގެ ޖަލު ބެލެހެއްޓި މީހާއާ މަރުލައިގަތް ގޮތް ކާފުން ގެނަސްދީފައި މި ވަނީއެވެ:

ޙަމްޒާ ބަސްޔޫނީ: ނުބައި ނުލަފާ ޖައްލާދެއް ނިމިގެން ދިޔަ ގޮތުގެ ވާހަކަ

ލައިލާގެ މި ވާހަކަތައް އައިސްފައިވަނީ އިނގިރޭސިވިލާތުގައި ހިޖުރަވެރިންނާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ކުރިއަށް އޮތް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް އިނގިރޭސި ޝަޚުސިއްޔަތު ހިމާޔަތްކުރުމަށް ބާރުއަޅާފައެވެ.

ހިއްސާ ކުރައްވާ!