އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދީނެއް ނޫނެވެ. އެއީ އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް މަގުދައްކައިދޭ ފުރިހަމަ ދިރިއުޅުމުގެ ނިޒާމެކެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް ވަރަށް ކުދިކުދި ކަންތައްތަކުގެ ގޮތުގައި ފެންނަ ކަންކަމަކީ މުސްލިމު ނޫން މީހުންގެ ހިތްތަކަށް ބޮޑެތި އަސަރުތަކެއް ކުރުވާ، އިސްލާމްދީނުގެ ރީތިކަން ހާމަކޮށްދޭ ކަންކަމަށް ވެގެންދެއެވެ. މިގޮތުން އިނގިރޭސިވިލާތުގެ ސްކޫލެއްގައި މަސައްކަތްކުރި މިޞްރުގެ މުދައްރިސަކާއި އޭނާގެ އެކުވެރި އަންހެން މުދައްރިސަކަށް ދިމާވި ހާދިސާއަކީ މީގެ ރީތި މިސާލެކެވެ.
އަޅުކަމާއި ކާއިނާތުގެ ވެރިފަރާތް
މި ހާދިސާ ފެށިގެން އައީ މިޞްރުގެ މުދައްރިސަކު ސްކޫލުގައި ނަމާދުކުރަން ހުއްޓާ، އުމުރުން 54 އަހަރުގެ އަންހެން މުދައްރިސަކަށް އެ މަންޒަރު ފެނުމުންނެވެ. އޭނާ ކުރަނީ ކީއްތޯ ސުވާލުކުރުމުން، އެއީ ކާއިނާތުގެ ވެރި ރަސްކަލާނގެއާ ވާހަކަދެއްކުން ކަމަށާއި، އެކަލާނގެއީ ހުރިހާ ކަމަކަށް އިޖާބަދެއްވާ ފަރާތްކަމަށް ބުންޏެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ހިތްގައިމު މޫސުމެއްގައި އެ އަންހެން މީހާ ޖައްވުގެ ރީތިކަމާއި ނަލަކަން ފެނިގެން ކާއިނާތަށް ޝުކުރު އަދާކުރަން ފެށުމުން، މުސްލިމް މުދައްރިސް އޭނާއަށް ކާއިނާތުގެ ވެރި އިލާހުގެ މަތިވެރިކަން ބަޔާންކޮށްދިނެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް ދަންނަވައިފިނަމަ އިޖާބަދެއްވާނެކަމުގެ ޔަގީންކަން އެ އަންހެން މީހާއަށް ދިނެވެ.
އިސްރާފުކުރުމުން ދުރުހެލިވުމުގެ ނަތީޖާ
މި ހާދިސާގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސްކޫލުގެ ކުތުބުޚާނާގައި ހިނގި ކަމެކެވެ. މުސްލިމް މުދައްރިސް ކުތުބުޚާނާއިން ނުކުންނަ ކޮންމެ ފަހަރަކު ބޮކި ނިއްވާލައެވެ. ނަމަވެސް އެ އަންހެން ވަދެފައި މީހާ އަލުން ބޮކި ދިއްލައެވެ. މިކަން ތަކުރާރުވުމުން އޭނާ ސުވާލުކުރިއެވެ.
"މިއީ ތިބާގެ އަމިއްލަ ޚަރަދުގައި ދައްކާ ބިލެއް ނޫންއިރު، ބޮކި ނިއްވަން ތިހާ ބޮޑަށް ސަމާލުކަން ދެނީ ކީއްވެ ހެއްޔެވެ؟"
މުދައްރިސް ޖަވާބު ދިނެވެ. "މިއީ އަހަރެންގެ ދީން އަހަންނަށް އަމުރުކުރާ ގޮތެވެ. އިސްރާފުކުރުމަކީ އަހަރެމެންގެ ދީނުގައި މަނާކަމެކެވެ. އެއީ އަހަރެންގެ އަމިއްލަ ފައިސާ ނޫން ކަމުގައިވިޔަސް، އަމާނާތްތެރިކަމާއެކު ވަސީލަތްތައް ބޭލުމަކީ އަހަރެންގެ ދީނީ ވާޖިބެކެވެ."
وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿31﴾
އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. (އަލްއަޢުރާފް)
މި ޖަވާބުން އެ އަންހެން މީހާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ދިރިއުޅުމުގެ ކުދިކުދި ކަންކަމުގައިވެސް އިސްލާމްދީން ގެންގުޅޭ މިފަދަ މަތިވެރި އުސޫލުތަކާމެދު އޭނާ ވިސްނަން ފެށިއެވެ.
ދުޢާ އިޖާބަކުރެއްވުމާއި ހިދާޔަތް
އެ އަންހެން މީހާއަކީ އަމިއްލަ ދިރިއުޅުމުގައި ދަތިތަކެއް ތަހައްމަލު ކުރަމުންދިޔަ އެކަނިވެރި މައެކެވެ. މުސްލިމް މުދައްރިސް ދިން ނަސޭހަތުގެ މަތިން ހަނދާންކޮށް، އޭނާ ފުރަތަމަ ފަހަރަށް ކާއިނާތުގެ ވެރި އިލާހަށް ދަންނަވައި ދުޢާކުރިއެވެ.
ވަރިކުރިފުޅުގެ ފަރާތުން އެއީއެއް ނުލިބޭތީ އަތްމަތީގެ ދަތިކަން ފިއްލަވައި ދެއްވުމަށް އިލާހަށް ދުޢާ ދެންނެވިއެވެ.
ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހަމައެކަނި އަންހެން ދަރިފުޅު ގުޅައި، މަންމައަށް އެހީތެރިވާން ބޭނުންވާކަމަށް ބުންޏެވެ.
މިއީ އޭނާގެ ދުޢާ އިޖާބަވުންކަމަށް ގަބޫލުކޮށް، އޭނާ އިސްލާމްދީނާ ބެހޭގޮތުން ދިރާސާކުރަން ފެށިއެވެ.
މުސްލިމް މުދައްރިސްގެ އިރުޝާދަށްވީ ގޫގްލްގައި މުސްލިމުންގެ އިލާހުއާއި ނަސާރާއިންނާއި ޔަހޫދީންގެ އިލާހާ ބެހޭ ގޮތުން ހޯދައި އެއިން އެންމެ ގަޔާވާ އިލާހަކަށް އީމާންވާށެވެ!
އަންހެން މީހާ އެކި ދީންތަކުގައި ކަލާނގެއާ ބެހޭގޮތުން އޮންނަ ތަޞައްވުރު ބަލައި، އެންމެ ފުރިހަމަ ހަގީގަތަކީ އިސްލާމްދީންކަން އޭނާއަށް ޔަގީންވިއެވެ.
މުހައްމަދު ކުރިމަތީގައި ޝަހާދަތްކިޔައި އިސްލާމް ވިއެވެ.
މި ހާދިސާއިން އެނގިގެންދަނީ އިސްލާމީ ރީތި އަޚުލާޤަކީ ދައުވަތު ދިނުމުގެ އެންމެ ވަރުގަދަ ވަސީލަތް ކަމެވެ.
ބޮކި ނިއްވާލުން ފަދަ އާދައިގެ ކަމަކުން ފެށިގެން، އިސްރާފު ނުކުރުމާއި އަމާނާތްތެރިކަމުގެ ސިފަ ދެއްކުމަކީ މީހެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލުމުގެ ސަބަބަކަށް ވެދާނެއެވެ.
މުސްލިމުންގެ އަމަލުތައް ބަހަށްވުރެ ބާރަށް ވާހަކަދައްކާކަން މި ހާދިސާއިން ސާބިތުވެއެވެ.
وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿46﴾
އަދި ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ. (އައްނޫރު)






