މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށްއޮތް ހުކުރު ދުވަހުން ފެށިގެން ކަމަށް ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.
ޙައްޖު މިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހަކަށް ބަހާލައިގެން، މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ.
ޙައްޖުވެރިން ރާއްޖެ އަންނާނެ ތާވަލު:
| ތާރީޚް | އެއާލައިން | މަދީނާއިން ފުރާ ގަޑި | މާލެއަށް ޖައްސާ ގަޑި |
| 5 ޖޫން 2026 (ހުކުރު) | ސައުދީ އެއާލައިން | މެންދުރުފަހު 03:15 | މެންދުރުފަހު 14:00 |
| 7 ޖޫން 2026 (އާދިއްތަ) | މޯލްޑިވިއަން | ހެނދުނު 09:40 | ހަވީރު 17:40 |
| 8 ޖޫން 2026 (ހޯމަ) | ސައުދީ އެއާލައިން | މެންދުރުފަހު 03:15 | މެންދުރުފަހު 14:00 |
| 9 ޖޫން 2026 (އަންގާރަ) | މޯލްޑިވިއަން | ހަވީރު 16:00 | ދަމުންފަހު 00:01 |
ފްލައިޓްތައް ފުރާ ގަޑިތައް ނަގާފައިވަނީ ސައުދީ އަރަބިއްޔާގެ ގަޑިންނެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވާއިރު، މި ހުރިހާ ޙައްޖުވެރިންވެސް ސައުދީއަށް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.




