ވޯލްޑްކަޕްގެ ތާރީޚަށް ބަލާއިރު އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ގައުމުގެ ޝަރަފް އޮތީ 5 ފަހަރު ތަށި އުފުލާލި ބްރެޒިލް އަތުގައެވެ. ޖަރުމަނާއި އިޓަލީ ކޮންމެ ގައުމަކުން 4 ފަހަރު ތަށި ހޯދައިގެން ދެވަނައިގައި އޮތްއިރު އާޖެންޓީނާ ވަނީ 3 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. ފަރަންސޭސިވިލާތާއި އުރުގުއޭ 2 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު އިނގިރޭސިވިލާތާއި ސްޕޭނަށް ލިބިފައިވަނީ އެއް ކާމިޔާބީއެވެ.
މި ގައުމުތަކުން ތަށި އަލުން ހޯދުމަށް ހޭދަކުރި މުއްދަތުތަކަށް ބަލާއިރު ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވެއެވެ.
ބްރެޒިލްއިން ވަނީ 1968 އަހަރާއި 1962 ވަނަ އަހަރު ޖެހިޖެހިގެން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށް ރަންތަށި ދިފާޢުކޮށްފައެވެ. ނަމަވެސް އިޓަލީއަށް އެ ގައުމުގެ ތިންވަނަ ތަށި 1982 ވަނަ އަހަރު ލިބުނީ 1938 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު 44 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ.






