ރައީސް މުއިއްޒު: ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުތަކުން ޓޯލް ފީ ނުނަގާނެ

ސިނަމާލެ ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓޯލް ފީއެއް ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖު މަޝްރޫއާ ގުޅޭގޮތުން ވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަށަވަރުކޮށްދެއްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ، ބްރިޖުތަކުން ޓޯލް ފީ ނަގާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ބުރަ ކުޑަކުރުމުގެ ގޮތުން، މިފަދަ އެއްވެސް ފިޔަވަޅެއް ކުރިމަގުގައި އެޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ސިނަމާލެ ބްރިޖު ހުޅުވި ދުވަހުން ފެށިގެން އެތަން ބޭނުންކުރަނީ ހިލޭ. މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަކީ ސަރުކާރުން ވިސްނާ ކަމެއް ނޫން،" ރައީސް

 

މީގެ އިތުރުން، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ތިލަމާލެ ބްރިޖަށް ވެސް މި ސިޔާސަތު ހިނގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި މަޝްރޫއަކީ ބޮޑު މަޝްރޫއަކަށް ވީނަމަވެސް، ޓޯލް ފީއެއް ތައާރަފުކުރުމާ ގުޅޭގޮތުން ސަރުކާރުގެ އެތެރޭގައި ނުވަތަ ބޭރުގެ ފަރާތްތަކާ އެކު ވެސް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!