ފަލަސްތީނުގެ މަޝްހޫރު ޅެންވެރިޔާ ތަމީމް ބަރްޣޫޘީ، އަލީ ޚާމަނާއިއަށް ހެދި ޅެން

ފަލަސްތީނުގެ ޅެންވެރިޔާ ތަމީމް އަލްބަރްޣޫޘީ ވަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ލީޑަރު ޝަހީދު، އަލީ ޚާމަނާއީގެ ޖަނާޒާގައި ހިތާމައިގައި ޅެމެއް ކިޔާފައެވެ. އެ ޅެމުގައި ޚާމަނާއިގެ ސިޔާސީ އަދި ދީނީ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ޝަހީދުންގެ މަތިވެރިކަމާއި ސާބިތުކަމުގެ ބަސްތައް ބޭނުންކޮށް، އިމާމް ވަކިވެދިއުމަށްފަހުވެސް އެ ދެއްކެވި މަގާއި ނުފޫޒު ދެމިއޮތްކަމަށް ތައުރީފުކޮށްފައިވެއެވެ.

ބަރްޣޫޘީ އޭނާގެ ޅެން ފަށާފައިވަނީ އީރާނުގެ ތާރީޚީ މަރުހަލާ ސާބިތުކަމާއެކު އޮންނާނެ ކަމާއި އެކަމުގެ ރަމްޒަކަށް ފަގުޑިއާއި ތުނބުޅިއަށް ރަމްޒީގޮތަށް ތައުރީފުކުރަމުންނެވެ. އޭނާ ބުންޏެވެ.

"فأكرم بها من لحيةٍ وعمامةٍ
لها ألف عامٍ عن حماكم تُناضل"

"އެ ތުނބުޅިއާއި ފަގުޑީގެ މަތިވެރިކަމާއެވެ.
އެ ފަގުޑިއާއި ތުނބުޅިއަކީ ތިޔަބައިމީހުންގެ ރައްކަލުގައި އެއްހާސް އަހަރު ވަންދެން ޖިހާދުކުރަމުން އައި ރަމްޒުތަކެވެ."

އޭނާގެ ޅެމުގައި ޝަހީދުވުމުގެ މަގު އިޚްތިޔާރުކުރާ މީހުން، އާންމު ރައްޔިތުންގެ ހިތްތަކުގައި އަބަދުމެ ދިރިތިބޭނެކަން ކަށަވަރުކޮށްދެމުން ބުންޏެވެ.

"رجالٌ بالاستشهاد صاروا أئمةً
مناصبهم يوم القتال المناصل"

"އެއީ ޝަހީދުވުމުގެ ސަބަބުން އިމާމުންނަށް ލީޑަރުންނަށް ވެގެންދިޔަ ފިރިހެނުންނެވެ.
ހަނގުރާމައިގެ ދުވަހު އެބޭފުޅުންގެ މަގާމުތަކަކީ ކަނޑިތަކުގެ ތޫނު މިޔަވަޅުތަކެވެ."

އަދި ޚާމަނާއީ އަވަހާރަވުމަކީ އެމަނިކުފާނުގެ ހަނދާންތަކުގެ ނިމުމެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ ތަރިކަ ދެމިގެންދިއުމުގެ ފެށުން ކަމަށް ބަލައި އޭނާ ބުންޏެވެ.

"وما موته أمسى بداية ملكه
فذلك ملكٌ عهده متطاول"

"އެމަނިކުފާނު އަވަހާރަވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ ތަރިކައިގެ ފެށުމެވެ.
އެއީ އެ ފަދަ ވެރިކަމެކެވެ. އޭގެ ދައުރު ދިގުދެމިގެންވާ ފަދަ ވެރިކަމެކެވެ."

ބަރްޣޫޘީ މި ބައިތު ނިންމާލާފައިވަނީ، ޚާމަނާއީގެ ވަށައިގެން އެނބުރެމުންދިޔަ ނުރައްކާތައް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް އިޝާރާތްކުރަމުންނެވެ. އޭނާ ބުންޏެވެ.

 "وإن عليًا أمّ قالته وقد درى
أنه يغتاله ويخاتل"

"ހަމަކަށަވަރުން އަލީ ޚާމަނާއީ އެމަނިކުފާނުގެ ބަސްފުޅުތަކާއިގެން ކުރިއަށް ވަޑައިގަތީ، އެމަނިކުފާނަށް ނުރައްކާ އޮތްކަން އެނގިވަޑައިގެން ހުންނަވައެވެ.
އެމަނިކުފާނު އަވަހާރަކޮށްލައި، އެމަނިކުފާނަށް ޣަދަރުވެރި ހަމަލާއެއް ދޭނެކަން ދެނެވަޑައިގެން ހުންނަވައެވެ."

ހިއްސާ ކުރައްވާ!