ސްރެބްރެނިޓްސާއަށް 31 އަހަރު: މިފެންނަނީ މި ދެމައިންގެ އެންމެ ފަހު ހިނދުކޮޅު

ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ސޮލީބީން ސްރެބްރެނިތްޒާގައި ހިންގި ގަތުލުއާންމަށް 31 އަހަރު ފުރުނީއެވެ. ފޮޓޯއިން މި ފެންނަނީ މުސްލިމު މަންމައަކާއި އޭނާގެ ދަރިފުޅުގެ ބޮލަށް ވަޒަން ހެޔޮކޮށް ސަބިއާގެ ސޮލީބީއަކު އެ ދެމައިން ޝަހީދުކޮށްލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

ސޮލީބީން ވަނީ ދެމީހުންގެ އަތްފައި ބަނދެފައެވެ. އެ ދެމައިންގެ ލޮލުން ފެންނަނީ ދުނިޔެއާ ވަކިވެގެން ދިއުމުގެ ކުރިން އެކަކު އަނެކަކަށް ބަލާލި އެންމެ ފަހުގެ ނަޒަރެވެ. އެމީހުންގެ ކުށަކީ މުސްލިމުންނަށް ވުމެވެ. އެމީހުންގެ ކުރިމަތީގައި ހުރީ ސާބިއާގެ ހަތިޔާރުއެޅި، އިންސާނިއްޔަތުކަމެއް ނެތް ސޮލީބީ ސިފައިންގެ މީހެކެވެ. މިއީ 1995 ވަނަ އަހަރު ސާބިއާގެ ހަނގުރާމަވެރިން ހިންގި "ސްރެބްރެނިޓްސާ" ގެ ގަތުލުއާންމުގެ ހިތާމަވެރި މަންޒަރެކެވެ.

ޔޫރަޕްގެ ދޮން މީހުން، އިންސާނީ ސަފާރީ ދަތުރުތަކުގައި ބޮސްނިއާގައި މުސްލިމުން ޝިކާރަ ކުރިކަން ސާބިތުވޭ

އެ ދުވަހު އެމީހުން ވަނީ 8,000 މުސްލިމުން ޝަހީދުކޮށްލާފައެވެ. އަދި 60,000 މުސްލިމް އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، އެމީހުންނަށް އަނިޔާކުރިއެވެ. މިއީ އެ ބިރުވެރި ހާދިސާއަށް 31 އަހަރު ފުރޭ މުނާސަބާއެވެ.

މިއަދު، ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅުގަނޑުމެންނަށް

އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީއާއި، އޯގާތެރިކަމުގެ ފިލާވަޅުތައް ނަގައިދޭން އުޅޭ ހުޅަނގުގެ ގައުމުތަކަކީ މި ގަތުލުއާންމު ހިނގަމުން ދިޔައިރު ކުޅި ބަލަން ތިބި މީހުންނެވެ. އަދި އެއީ ޔަހޫދީ ރެޖީމުން ފަލ؛ަސްޠީނުގެ ޖެނޮސައިޑް ހިންގިއިރު ހަތިޔާރާއި ސިޔާސީ ވާގިވެރިކަން ދިން މީހުންނެވެ. މިމީހުންނަކީ އިސްލާމް ދީނަކީ "ހަމަނުޖެހުމުގެ ދީނެއް" ކަމަށް ބުނެ، އިސްލާމްފޯބިއާގެ ވިހަ ފަތުރާ މީހުންނެވެ.

ނަމަވެސް، ސްރެބްރެނިޓްސާގެ މި ލޭއޮހޮރުވުމުގެ މުނާސަބާ ހަނދާން ކުރާއިރު ބައެއް ގައުމުތަކުން ދަނީ ބޮސްނިއާގެ ހަނގުރާމައިގައި އިންސާނުން ޝިކާރަ ކުރުމަށް ސަފާރީ ދަތުރުތައް ހުޅަނގުގެ ފަތުރުވެރިންނަށް އިންތިޒާމުކޮށްދީ އެކަމުގައި ބައިވެރިވި މީހުންގެ ތަހުގީގެއްވެސް ހިންގަމުންނެވެ.

މުސްލިމުންގެ ލެޔަށް ފެންބޮވައިގަނެފައިވާ މީހުން، އިސްލާމް ދީނާ މެދު އިނގިލި ދިއްކުރުމަކީ ތާރީޚުގެ ކުރިމަތީގައި ފެންނަ ބޮޑު މުނާފިގުކަމެވެ.

ސަރާޔޭވޯގެ "ހިއުމަން ސަފާރީ": މުސްލިމުން މެރުމަށް ފައިސާ ދީގެން ކުރި ޝިކާރަތަކުގެ ހަގީގަތް ހާމަވަނީ

ޔޫރަޕްގެ މީހުން އިންސާނީ ހައްގު ބޮލާލައި ޖެހުން: ސަރަޔޭވޯގައި ހިންގި 'މީހުން ޝިކާރަކުރުމުގެ ފަތުރުވެރިކަން

ހިއްސާ ކުރައްވާ!