އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރޭހަމް، ކުއްލި ބައްޔެއްގައި 71 އަހަރުގައި ހޮނިހިރު ދުވަހުގެ ރޭ މަރުވެއްޖެއެވެ. އޭނާއަކީ ޒަޔަނިސްޓުންނާއި ޖެނޮސައިޑަށް ވާގިވެރި މުސްލިމުންނާ މެދު އަދާވާތްތެރިކަން އިންތިހާއަށް ގެންގުޅުނު އިސްލާމޯފޯބިއާއަށް ހިތްވަރު ދިން ފައްކާ ޒަޔަނިސްޓެކެވެ.
ސައުތު ކެރޮލައިނާއަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މިމީހާ، އެމެރިކާގެ ސެނެޓަށް ފުރަތަމަ އިންތިޚާބުވީ 2002 ވަނަ އަހަރެވެ. އޭގެ ފަހުން 2008، 2014، އަދި 2020 ވަނަ އަހަރު އޭނާ ވަނީ އަލުން އިންތިޚާބުވެފައެވެ. އެމެރިކާގެ ސިޔާސީ މަސްރަހު ކޮންޓްރޯލު ކުރާ ޒަޔަނިސްޓު ޔަހޫދީންގެ އައިޕެކް ޖަމާއަތުން ބޯކޮށް އޭނާގެ ކެމްޕޭނަށް ފައިސާ އަޅަމުން ދިޔައެވެ.
މިމީހާއަކީ ޓްރަމްޕްގެ ސަހުޔޫނީ އަމަލުތަކަށް ތާއީދުކޮށް އުޅުނު މީހެކެވެ. އޭނާ ދިޔައީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި، ފަސްވަނަ ދައުރަކަށް ވާދަކުރައްވަމުންނެވެ.
އީރާނުން ވަނީ އަދުއްވަކު ﷲ ނެތިކޮށްދެއްވީ ކަމަށް ބުނެ އުފާކޮށް ޝުކުރު އަދާ ކުރަން ފަށާފައެވެ. މިމީހާއަކީ އީރާނަށް ނިއުކްލިއާ ހަމަލަ ދިނުމަށްވެސް ގޮވާލި މީހެކެވެ.
އިސްރާއީލުގެ ޖެނޮސައިޑަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރި ގްރޭހަމް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ފުރަތަމަ އިންތިޚާބުވީ 1994 ވަނަ އަހަރެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ޔަހުދީން ފެށި ގަތުލުއާންމުގެ ތެރޭގައި ވެސް އޭނާ ވަނީ އިސްރާއީލަށް ހައްދެއް ނެތް މިންވަރަށް ތާއީދުކޮށްފައެވެ. މި ތާއީދުގެ އުފާ މިއަދު އަލިފާނުން އޭނާއަށް ލިބޭނެއެވެ.
ފަލަސްޠީނު ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި އިސްރާއީލްގެ ސިފައިން ވަނީ 73،118 ފަލަސްތީނު މީހުން ޝަހީދުކޮށް، 173،615 މީހުން ޒަޚަމްކޮށްފައެވެ. އަދި ޣައްޒާގެ މަދަނީ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ހަލާކުވެފައެވެ. ޔަހޫދީ ޖެނިސައިޑުގައި މަރުވެފައިވާ އަދަދު ލައްކައަށް ވުރެން އިތުރު ވާނެ ކަމަށް ބެލެވެއެވެ.







