އެމެރިކާގެ ސެނެޓަރު އަދި ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމްގެ އެންމެ ވަރުގަދަ އެއް ސަޕޯޓަރު، ލިންޑްސީ ގްރަހަމް މަރުގެންނެވުމާ ގުޅިގެން އިސްރާއީލުގެ ސިޔާސީ މަސްރަޙު ފުން ހިތާމައަކަށް ވެއްޓިއްޖެއެވެ.
71 އަހަރުގެ ގްރަހަމް މަރުވެފައިވަނީ ކުއްލި ގޮތަކަށް ޖެހުނު ސިއްހީ މައްސަލައަކާ ގުޅިގެން ކަމަށް އޭނާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ގްރަހަމަކީ ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ އެންމެ ފާޅުކަންބޮޑު އެއް ސަޕޯޓަރެވެ. ހާއްސަކޮށް، ޣައްޒާގެ މުސްލިމުން ނައްތާލުމަށްޓަކައި އެ ސަރަހައްދަށް ނިއުކްލިއަރ ބޮމެއް ވައްޓާލަންވެސް އޭނާ ގޮވާލާފައިވެއެވެ. އޭނާ މިކަމާ ގުޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާ އާއި ނާގަސާކީއަށް ދިން ނިއުކްލިއަރ ހަމަލާއާ އެވެ.
އޭނާގެ މި ނުލަފާ ހިޔާލުތަކުގެ ސަބަބުން އިސްރާއީލުގެ ވެރިންގެ މެދުގައި އޭނާއަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައި އޮތެވެ. ގްރަހަމްގެ މަރާ ގުޅިގެން އިސްރާއީލުގެ އެކި ފެންވަރުގެ ވެރިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
-
ޓެރަރިސްޓް އިތަމާރް ބެން ގްވިއާ (ގައުމީ ސަލާމަތާ ބެހޭ ވަޒީރު): "އިސްރާއީލަށް ލިބުނު އެންމެ ބޮޑު އެއް އެކުވެރިޔާ މިއަދު އަޅުގަނޑުމެންނާ ވަކިވެއްޖެ."
-
ނަފްތާލީ ބެނެޓް (ކުރީގެ ބޮޑުވަޒީރު): "އަޅުގަނޑުގެ ހިތް މިއަދު ފަޅައިގެން ދަނީ. އެމެރިކާއަށް ވަފާތެރި ގައުމީ ދަރިއަކު ގެއްލިއްޖެ، އަދި އިސްރާއީލަށް އެންމެ ގާތް އެކުވެރިޔާ ގެއްލިއްޖެ."
-
ޓެރަރިސްޓް ބެޒަލޭލް ސްމޮޓްރިޗް (މާލީ ވަޒީރު): "ތެލްއަވީވަށް ލިބުނު އެންމެ ބޮޑު އެކުވެރިޔާ މަރުވެއްޖެ."
އިސްރާއީލުގެ އިތުރު ވެރިންނާއި، އިދިކޮޅު ލީޑަރު ޔައިރް ލަޕީޑް ފަދަ ފަރާތްތަކުން ވަނީ ގްރަހަމަކީ އިސްރާއީލުގެ "އަމަން އަމާންކަމަށް" އަބަދުވެސް ވަކާލާތު ކުރި ފަރާތެއް ކަމަށް ބުނެ އޭނާގެ ހިދުމަތްތައް ފާހަގަކޮށްފައެވެ. މާނައަކީ ޖެނޮސައިޑް ހިތްވަރު ދިން ނުލަފާ ސަހުޔޫނީ އެކެވެ.
ގްރަހަމްގެ މަރަކީ ޒަޔަނިސްޓު ހަރަކާތްތަކަށް ލިބުނު ބޮޑު އުނިކަމެއް ކަމަށް އެމީހުން ދެކެއެވެ. އޭނާގެ ފުރާނަ ނެތި ދިޔައިރު، އޭނާގެ މުޅި ހަޔާތް ހޭދަކޮށްފައިވަނީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި، ގަތުލުއާންމުތަކަށް ހިތްވަރު ދިނުމުގައެވެ.
އީރާންގެ ސަރުކާރު ބަދަލު ކުރަން ފޫގަޅައިގެން އުޅުނު މީހާ މި ވަނީ ސަފުތަކުން ބަދަލު ކުރައްވާފައެވެ! ބައި! ބައި!






