ދުނިޔެއަށް ތެލާއި ގޭސް އެއްކޮށް ހުއްޓުވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުދަ ދުވަހު ބުނީ، އެމެރިކާއިން އީރާނުގެ ބަނދަރުތަކާ ދެކޮޅަށް ކަނޑުގެ ހިސާރުކޮށް އީރާނާ ދެކޮޅަށް މަސައްކަތް ކޮށްފިނަމަ، އެކަމަށް ރައްދު ދިނުމުގެ ގޮތުން ގަލްފް ސަރަހައްދުން ތެޔޮ ބޭރުކުރުން އެއްކޮށް ހުއްޓުވާލެވިދާނެ ކަމަށެވެ.

އައިއާރްޖީސީގެ ބަޔާނެއްގައި ބުނެފައި ވަނީ، މެދުއިރުމަތިން ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި، "އެކްސްޕޯޓް ކުރެވޭނީ އެންމެންނަށް ނުވަތަ އެކަކަށްވެސް އެކްސްޕޯޓު ކުރެވިގެން ނުވާނެ" ކަމަށެވެ.

އެމެރިކާއިން ދަނީ މެދުއިރުމަތީގެ ހާލަތު ގަސްތުގައި ގޯސްކޮށް އެމެރިކާއިން އެ ހަމަނުޖެހުމުން ނަފާ ލިބޭ ގޮތް ހަދަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުދަ ދުވަހު ވައިޓް ހައުސްގައި ކުއްލި ބައްދަލުވުމެއް ބާއްވައި، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޓްރަމްޕް މިހާރުގެ ހާލަތު އޮޅުވާލަމުން ވިދާޅުވީ، އީރާނުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އެ ގައުމުގެ ކަރަންޓު ސްޓޭޝަންތަކާއި ބްރިޖްތައް ފަދަ މުހިންމު އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މިހިނަދު އެމެރިކާއިން އީރާނަށް ހަމަލަދީ މަސްރަހު ގޯސްކޮށްލީ އީރާނާއި އެމެރިކާއިން މަޝްވަރާގައި ތިއްބައެވެ. މިއިން ދައްކައި ދެނީ އެމެރިކާގެ އެއްވެސް އިޚުލާސްތެރިކަމެއް ސުލްހައަށް ނެތް ކަމެވެ.

ޓްރަމްޕް މަސައްކަތް ކުރަމުން ދަނީ ބާރު ދައްކައި ބިރު ދެއްކުމަށެވެ. އެގޮތުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ކަމަށް ބެލެވޭ ބިމުއަޑީގެ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.

ޓްރަމްޕް ސަރަހައްދު އަލުން ހަމަނުޖެހުމަށް ވައްޓާލުމާ ގުޅިގެން، ޕާކިސްތާނު ފަދަ ގައުމުތަކުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ ކަމަށް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، މިހާތަނަށް އައިއިރު މިކަން ކާމިިޔާބު ވާގޮތެއް ވަނީ ނުވެފައެވެ.

އެމމެރިކާއިން ކޮންމެ ފަހަރަކުވެސް ސުލްހައިގެ ވާޙަކަ ދައްކައި މަޝްވަރާ ކުރަމުންދާއިރު އެކަން ނާކާމިޔާބު ކޮށްލުމަށްޓަކައި އަސްކަރީ ހަމަލާތައް ދީ އަލުން ސުލްހައިގެ މަސައްކަތް ފެށުމަށް މަޖުބޫރު ކުރެއެވެ. އެހެންވެ އީރާނުން އަބަދުވެސް ބުނަމުން ދަނީ އެމެރިކާއަކީ ސުލްހައިގެ މަސައްކަތުގައި އިތުބާރު ހިފޭ ފަރާތެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!