ކުއްލި ޚަބަރު: ހިޒްބުއާ މުއާމަލާތް ކުރާނީ ޖައުލާނީ، އެކަން އޭނާއާ ހަވާލުކޮށްފިން: ޓްރަމްޕް

އެމެރިކާގެ  ރައީސް ޑޮނަލް ޑްޓްރަމްޕް "ފޮކްސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި، ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ހަނގުރާމަ ކުރުމުގެ މަސްއޫލިއްޔަތު ސޫރިޔާގެ ޖައުލާނީ ރައީސްއާ ހަވާލު ކޮށްފައިވާ ކަމަށާއި އެކަން އޭނާ ކުރާނީ ނަތަންޔާހޫ ކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ހިޒްބުاللهއާ މުއާމަލާތް ކުރެއްވުމުގައި ޖައުލާނީ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމައެއް ނުކުރައްވާނެއެވެ.

"ހިޒްބުاللهއާ މުއާމަލާތް ކުރުމުގައި ޔަހޫދީންނަށް ވުރެ އަލްޝަރުއުގެ އަމަލުތައް މާ ފަރުވާތެރިވެފައި ސީދާވާނެ. އަދި އޭނާ އެކަން ކުރަން ބޭނުންފުޅުވާކަން އަހަންނަށް އެނގޭ،" ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން އިސްރާއީލަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެގޮތުން، މި ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ އީރާނަށް ސަމާލުކަން ދިނުމަށްޓަކައި ޔަހޫދީ ސިފައިން ލުބުނާނުން ފައިބައި، އަލުން ބާރުތައް ރުކުރުވާ ލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!