ޖަޕާނުގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ހޫނުގަދަވަމުން އަންނައިރު، ސަރުކާރުން އަލަށް ތައާރަފުކުރި "އިންތިހާއަށް ހޫނުގަދަ ދުވަސް" ކަނޑައަޅާ ކްލެސިފިކޭޝަންގެ ދަށުން، ބައެއް ރަށްތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސލްސިއަސް އިން މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މިއީ މި ގިންތި ބޭނުންކުރަން ފެށި ފުރަތަމަ ދުވަހެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ޖަޕާނުގެ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން "އިންތިހާއަށް ހޫނު" ވާނެކަމަށް ލަފާކޮށް، ހޫނު ގަދަވުމުގެ ސަބަބުން ޞިއްހީ މައްސަލަތައް ދިމާވެދާނެތީ އިންޒާރު ދީފައެވެ.
ޓޯކިޔޯގެ އުތުރުން އޮންނަ ކުމަގާޔާ އާއި މެދުތެރޭ ޖަޕާނުގެ ނަގޯޔާގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އާންމުން ސަލާމަތުން ތިބުމަށްޓަކައި، ގޭގޭގައި އޭސީ ބޭނުންކުރުމަށާއި، ގިނައިން ފެން ބުއިމަށާއި، އަދި ގިނަ ވަގުތު ބޭރުގައި އުޅުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.





