ފްރާންސް އަނދަނީ، 10،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް

އޮފިޝަލުން ހާމަކުރި ގޮތުގައި، ފަރަންސޭސިވިލާތުގެ ބޯޑޯ ޝަހަރުގެ ހުޅަނގުން ހަލުވިކަމާއެކު ފެތުރެމުންދާ ޖަންގަލީގެ އަލިފާންގަނޑެއްގެ ސަބަބުން، ގާތްގަނޑަކަށް 2،000 ހެކްޓަރުގެ ބިން އަނދައިފިއެވެ. މި އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓުމާ ގުޅިގެން، ރޭގަނޑުގެ ވަގުތުތަކުގައި 10،000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދުން ރައްކާތެރިކަމާއެކު ނެރެފައިވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޔޫރަޕުގައި ރެކޯޑު ކުރެވިފައިވާ އަހަރީ އެވްރެޖަށްވުރެ ބޮޑު ސަރަހައްދެއް މި އަހަރުގެ މިހާތަނަށް ވަނީ އަލިފާނުގެ ސަބަބުން ހަލާކުވެފައެވެ. ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ހޫނުވަމުން އަންނަ ބައްރު ކަމުގައިވާ ޔޫރަޕަށް، މި އަހަރު ފެށުނީއްސުރެ މިހާތަނަށް އިންތިހާއަށް ހޫނުގަދަ ތިން ރާޅެއް ވަނީ ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!