ހޫނު ގަދަވެ މޯލްޓާގެ ވެރިރަށް ވެލެޓާއިން ކަރަންޓު ކެނޑިއްޖެ

މޯލްޓާގެ ވެރިރަށް ވެލެޓާއިން ކަރަންޓު ކެނޑިއްޖެއެވެ. މި ހާދިސާ ހިނގާފައި މިވަނީ، ހޫނުގަދަވެ ގައުމުގެ އެކި ހިސާބުތަކުން މީގެ ކުރިން ދުވަސްތަކެއް ވަންދެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވުމާ ގުޅިގެންނެވެ.، ބޮޑުވަޒީރު ރޮބާޓް އަބޭލާ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

ބޮޑުވަޒީރު ރޮބާޓް އަބޭލާ ވިދާޅުވީ، "ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި ކަރަންޓުގެ ހިދުމަތުން މަހުރޫމުވި އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދެން" ކަމަށެވެ.

އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނާ ގޮތުގައި، ކަރަންޓު ނެތުމުގެ ސަބަބުން ފަންކާ ނުވަތަ އޭސީ ނުޖެއްސި، އުނދަގޫ ހާލަތެއްގައި އެމީހުންނަށް ރޭގަނޑު ހޭދަކުރަން ޖެހުނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ކަރަންޓު ކެނޑުމުގެ ސަބަބުން ބޮޑުވަޒީރުގެ އޮފީހާއި، އެހެނިހެން މިނިސްޓްރީތަކުގެ އޮފީސްތަކުގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!