ޗައިނާ އާއި ޔޫރަޕްގެ ދެމެދުގައި ބޮޑު ވިޔަފާރީގެ ކުރިމަތިލުމެއް ހުއްޓުވުން މިހާރު ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ ބެއިޖިންގްގެ ދައުލަތުގެ އެހީ ލިބޭ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން އެމީހުންގެ ސިނާޢީ އަސާސަށް ނުރައްކާވެފައިވާ ކަމަށް އީޔޫގެ ލީޑަރުން ވަނީ ނިންމާފައެވެ.
ފުރަތަމަ "ޗައިނާ ޝޮކް" ގެ ސަބަބުން ޗައިނާ ޑަބްލިޔުޓީއޯ އާ ގުޅުނު ފަހުން އެމެރިކާގެ ފަރުނީޗަރާއި ފޭރާން ފަދަ ސިނާޢަތްތައް ހަލާކުވިއެވެ.
އާ ޝޮކްގެ ސަބަބުން، ޔޫރަޕްގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބިރުގަންނަނީ، މުޅި ޔޫރަޕްގެ ކުރިއަރާފައިވާ ދާއިރާތައްކަމަށްވާ އޮޓޯމޯޓިވް ވެހިކަލް، މެޝިނަރީ، ކެމިކަލް، ބޭސްފަރުވާ އަދި ގްރީން ހަކަތައަށް އޭގެ އަސަރު ކުރާނެތީއެވެ.
ދުނިޔޭގެ މެނުފެކްޗަރިންގްގައި ޗައިނާގެ ޙިއްޞާ 2000 ވަނަ އަހަރު %6 ގައި ހުރުމަށްފަހު ގާތްގަނޑަކަށް %30 އަށް އުފުލިފައިވާއިރު، އީޔޫގެ ޙިއްޞާ ވަނީ %30 އިން %17 އަށް ދަށަށް ގޮސްފައެވެ.
2015 ވަނަ އަހަރުން ފެށިގެން، އީޔޫއަށް ޗައިނާއިން ކުރާ އެކްސްޕޯޓް %89 އިތުރުވެ، ވިޔަފާރީގެ ޑެފިސިޓް ހަތަރު ގުނަ ބޮޑުވިއެވެ.
ފާއިތުވި އަހަރު އީޔޫއާއެކު ޗައިނާގެ ސަރޕްލަސް ގާތްގަނޑަކަށް 411 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ހަމައެކަނި ޖަރުމަނުގެ ޑެފިސިޓްވެސް 114 ބިލިއަން ޑޮލަރަށް އަރާފާނެއެވެ. ޔޫރަޕްގެ ކުންފުނިތަކުގެ މާރކެޓް ޙިއްޞާ ހަމައެކަނި އެޤައުމުތަކުގައި ގެއްލެނީއެއް ނޫނެވެ. ނަމަވެސް ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ތިންވަނަ މާރކެޓްތަކުގައިވެސް ޗައިނާގެ އަގުހެޔޮ މުދާ ފެތުރެމުންދާތީ ގެއްލެނީއެވެ.
ޗައިނާގެ ކުންފުނިތަކަށް ބޮޑެތި ސަބްސިޑީތަކާއި އަގުދަށް ކަރަންސީގެ ފައިދާ ލިބެއެވެ. އޯއީސީޑީގެ ދިރާސާއަކުން ދައްކާގޮތުގައި، 2005 އާއި 2024 އާ ދެމެދު ޗައިނާގެ ކުންފުނިތަކަށް އޯއީސީޑީ ޤައުމުތަކުގެ ކުންފުނިތަކަށްވުރެ ތިން ގުނައާއި އަށް ގުނައާ ދެމެދުގެ މިންވަރަކަށް ސަރުކާރުގެ އެހީ ލިބިފައިވެއެވެ. ބެއިޖިންގުން ވަނީ އެކްސްޕޯޓް ކޮންޓްރޯލްކުރުމާއި އިޤްތިޞާދީ މަޖުބޫރުކުރުމުގެ ޒަމާނީ ވަސީލަތްތަކެއް ބިނާކޮށްފައެވެ. މިއީ މުހިންމު ތަކެތީގައި ޔޫރަޕުން ބަރޯސާވާ ބަރޯސާވުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ދޭ ކަމެކެވެ.
ޗައިނާގެ "މޭޑް އިން ޗައިނާ 2025″ ވިސްނުމުން ޔޫރަޕްގެ ސިނާޢީ ލީޑަރޝިޕަށް ފާޅުގައި އަމާޒުކުރި ނަމަވެސް، ޔޫރަޕުން އެތައް އަހަރެއް ވަންދެން މިކަމާ އަޅާނުލާ ތިއްބެވެ. އީޔޫއިން ޗައިނާގެ ވާދަވެރިކަމަށްވުރެ ބޮޑަށް ކަންބޮޑުވީ އެމެރިކާގެ 'އިންފްލޭޝަން ރިޑަކްޝަން އެކްޓް' ގެ ދަށުންދޭ ސަބްސިޑީތަކާ މެދުގައެވެ. ނަމަވެސް މިހާރު ނުރައްކަލުގެ ރަނގަބީލު ދަނީ ޖަހަމުންނެވެ.
އީޔޫއިން ވަނީ ޗައިނާގެ އިލެކްޓްރިކް ވެހިކަލްތަކުން ޓެރިފް ނަގަން ފަށާފައެވެ. އަދި ފަރަންސޭސިވިލާތުން ވަނީ ޗައިނާގެ މުދަލުން އާންމުކޮށް %30 ގެ ޓެރިފެއް ނެގުމަށް ޚިޔާލު ހުށަހަޅާފައެވެ. ފުރަތަމަ ހިމޭނުން އޮތް ޖަރުމަނުވިލާތްވެސް މިހާރު ދަނީ ބަދަލުވަމުންނެވެ. ސްޕެއިން ފިޔަވައި އީޔޫގެ ހުރިހާ ލީޑަރުން ވަނީ ޔޫރަޕިއަން ކޮމިޝަނަށް ހުރި ފުރުޞަތުތައް ހޯދުމަށް އެދިފައެވެ.
ޔޫރަޕުން ބަލަނީ ޚިޔާލު އެއްގޮތް ވިސްނުމެއްގެ ބައިވެރިން ފަދަ ޖަޕާން، ދެކުނު ކޮރެއާ، ބްރެޒިލް، މެލޭޝިއާ، ތުރުކީ ކޯލިޝަންތައް ބިނާކޮށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށް އަމިއްލަ އުފެއްދުންތަކާއި މާކެޓ ްސަލާމަތް ކުރާށެވެ.
އަދި ޗައިނާގެ ބަދަލުހިފުމުގެ ފިޔަވަޅުތަކަށް ތައްޔާރުވުމަށްޓަކައި، އަމިއްލަ ބާރުތައް ބޭނުންކުރަންވެސް އީޔޫއިން ވިސްނައެވެ.
ސެމީކޮންޑަކްޓަރާއި މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމާއި، ބެއިޖިންގްގެ އަމާޒަކަށްވާ މެންބަރު ޤައުމުތަކަށް އެހީތެރިވުމަށް އީޔޫގެ 'އެންޓި-ކޯއަރޝަން ޓޫލް' ބޭނުންކުރުމަށް ވަނީ ރާވާފައެވެ.





