ޗައިނާ ފުޓްބޯޅައިން ފެއިލްވަނީ ކީއްވެގެން؟

ޗައނާ ބޯޅަ ކުޅުމުގައި ފޭލިވުމުގެ ސަބަބަކީ "ގައޯކާއޯ" އިމްތިހާނެވެ. މިއީ ދުނިޔޭގައި އޮންނަ އެންމެ މުހިންމު އަދި އެންމެ އުނދަގޫ އިމްތިހާނު ކަމަށް ބެލެވޭ އިމްތިހާނެވެ. އަދި މިއީ ކޮންމެ ޗައިނާ ދަރިވަރެއްގެ މުސްތަގުބަލު ކަނޑައަޅައިދޭ އިމްތިހާނެވެ.

މި އިމްތިހާނުގައި 13 މިލިއަން ދަރިވަރުން ބައިވެރިވެއެވެ. އަދި އެންމެ މޮޅު ޔުނިވަރސިޓީތަކުން ލިބެން ހުންނަ މަދު ޖާގަތަކަކަށް އެކުދިން ވާދަކުރެއެވެ.

މި އިމްތިހާނުން ފާސްވާ ނިސްބަތަކީ 60% އެވެ. ނަމަވެސް އެންމެ މޮޅު ޔުނިވަރސިޓީތަކުން ޖާގައެއް ކާމިޔާބު ކުރެވެނީ ފާސްވާ ކުދިންގެ ތެރޭން އެންމެ 0.02% ކުދިންނަށެވެ! އެއީ ކޮންމެ ޔުނިވަރސިޓީއަކަށް އެންމެ 2600 ދަރިވަރުންނެވެ.

އެހެންކަމުން، ޗައިނާގެ އާއިލާތަކުން އިސްކަންދެނީ އެމީހުންގެ ދަރިން ބޯޅަ ކުޅެން މަގުމައްޗަށް ދޫކޮށްލުމަށް ވުރެން ބޮޑަށް 12 އަހަރު ވަންދެން މި އިމްތިހާނަށް ތައްޔާރު ކޮށް އިމްތިހާނުން ކާމިޔާބު ހޯދުމުގައި ވަގުތު ހޭދަކުރުމަށެވެ. ފުޓްބޯޅަ ކުޅުމުގެ ޝައުގުވެރިކަން ކުރިއަށް ނެރެ، ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވުމަށްވުރެ އިލްމީ ގޮތުން ކުރިއަށް ދިއުން ޗައިނާގެ މައިންބަފައިންނަށް މާ މުހިންމެވެ.

މީގެއިތުރުން، މިފަދަ ޔުނިވަރސިޓީތަކުން ދަސްވެނިވާ މީހުންނަށް މުޖުތަމައުގައި ލިބޭ ގަދަރާއި މާލީ ކުރިއެރުމަކީ އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންނާއި ތަރިންނަށްވުރެ މާ ބޮޑުވެފައި މުހިންމު ކަމެކެވެ.

އިލްމަކީ ތިމާގެ ނޫރު ކަމުގައި ހެދައިފި އުންމަތެއް ކުރިއަރައި ހިނގައްޖެއެވެ.

ފައި ބޯޅައަކީ ތިމާގެ ލަނޑުދަނޑި ކަމުގައި ހެދި އުންމަތެއް އެހެން ގައުމުތަކުން ތަޅައި ފައިދަށުލައި ފިސްފިސްކޮށްފިއެވެ.

ހިއްސާ ކުރައްވާ!