އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިން 6.5 ޓްރިލިއަން ޑޮލަރުގެ އުފެއްދުންތަކަށް ނުރައްކާ

ޗައިނާއިން ދުނިޔޭގައި މަދުން ލިބޭ ނާދިރު މައުދަންތައް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، އަހަރަކު 6.5 ޓްރިލިއަން ޑޮލަރުގެ ސިނާއީ އުފެއްދުންތަކަށް ނުރައްކާވެފައިވާ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ އިން ހާމަކޮށްފިއެވެ.

މި މައުދަންތަކުގެ ސަޕްލައި ޗެއިންތައް މިހާރު ހުރި ގޮތުން، ގައުމުތަކުގެ އިގްތިސާދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. ޗައިނާއިން މި ފިޔަވަޅު އަޅާފައި ވަނީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް ވިޔާފީގެ ހަނގުރާމަ އިއުލާން ކޮށް ޗައިނާއަށް ތުރާ ކުރަން ފެށުމުންނެވެ.

ރިޕޯޓުގެ މައިގަނޑު ކަންތައްތައް:

  • އެކްޝަން ޕްލޭން: "ހައި ރިސްކް" ކެޓަގަރީގައި ހިމެނޭ 11 މައުދަނެއް ރައްކާކޮށްފައި ސްޓޮކްކޮށް ބެހެއްޓުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިން ގޮވާލައެވެ.
  • ހަރަދު: މިކަން ކުރާއިރު ކުރީކޮޅު 9.2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށާއި، އަދި އަހަރަކު 900 މިލިއަން ޑޮލަރުގެ ޚަރަދެއް ހިނގާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
  • ސަޕްލައި ޗެއިން: ޗައިނާ، ކޮންގޯ، އަދި ޒިމްބާބްވޭ ފަދަ ގައުމުތަކުން އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މައުދަންތަކުގެ ސަޕްލައި ޗެއިންތަކަށް ބަރޯސާވެފައިވާ މިންވަރު ނުރައްކާތެރި ހާލަތަކަށް ވަނީ ގޮސްފައެވެ.

"އިގްތިސާދީ އިންޝިއުރެންސް"

އައިއީއޭގެ ޑިރެކްޓަރު ފާތިހް ބިރޯލް ވިދާޅުވި ގޮތުގައި، ސަޕްލައި ޗެއިންތައް ސިންދަފާތު ކުރުމަކީ އަގުބޮޑު ކަމެއް ކަމުގައިވިނަމަވެސް، މިހާރުގެ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމުގެ ތެރޭގައި މިއީ "އިގްތިސާދީ އިންޝިއުރެންސް" އެއްގެ ގޮތުގައި ބަލަންޖެހޭ ކަމެކެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެމެރިކާ އާއި މެލޭޝިއާ ފަދަ ގައުމުތަކުން ނާދިރު މައުދަންތައް ސާފުކުރުމަށް ކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން، މީގެ ކުރިން 90% ގައި ހުރި ޗައިނާގެ ހިއްސާ މިހާރު ވަނީ 85% އަށް ދަށްވެފައެވެ. އަދި 2035 ވަނަ އަހަރު އަންނަންވާއިރަށް މި އަދަދު 70% އަށް ތިރިކުރެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މައުދަންތައް ރިފައިން ކުރުމުގެ މަރުހަލާ އަދިވެސް ވަނީ ވަކި ސަރަހައްދުތަކަކަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ.

ހިއްސާ ކުރައްވާ!