އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ދެއްވައިފިއެވެ.
މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރެއްވި މެސެޖުގައި ނައިބު ރައީސް ސިފަކުރެއްވި ގޮތުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ތާރީޚީ ގޮތުން ފުން، އަދި އެކި ގޮންޖެހުންތަކާއެކުވެސް ދެމިގެންގޮސްފައިވާ ވިލުންތެރި ބަދަހި އެކުވެރިކަމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާއަށް ދެމެހެއްޓެނިވި ސުލްހައާއި، ތަރައްގީ އަދި ތަނަވަސްކަން ލިބުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އޯގަސްޓު މަހުގެ 15 ވަނަ ދުވަހަކީ އިންޑިޔާގެ މިނިވަންދުވަހެވެ. އެއީ 1947 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރުން ސަލާމަތްވެ މިނިވަންކަން ލިބި މުސްތަގިއްލު ދައުލަތެއް ގެ ގޮތުގައި އިންޑިޔާވެގެން ދިޔަ ތާރީހީ މުނާސަބާ އިހުތިފާލު ކުރާ ދުވަހެވެ.





