އުސްތާޒު އޭނާގެ ކިލާހުގައި ހަރާމްޒާދާއަށް ރައްދު ދިނީ ކިހިނެއް ޔެއްޔެވެ؟ އުސްތާޒު ފިލާވަޅު ނަގައިދޭން ހުންނަ އިރު ހަރާމްޒާދާ އޭނާއަށް ނުހޮރޮއްޕާން ކޮށްހަދައެވެ! އުސްތާޒު ފިލާވަޅު ނަގައިދޭން ފެށުމާއެކު އޭނާއަށް ހުރަސް އެޅުމަށް ހަރާމްޒާދާ ތުނބުން ފުމެ އަޑުގަދަ ކުރެއެވެ!
އުސްތާޒު ހަމަޖެހިލާފައި ބުންޏެވެ! ތުނބުން ފުމުނީ ކާކު ހެއްޔެވެ؟ އެއަށް ކިލާހުގައި އެއްވެސް ކުއްޖަކު ޖަވާބެއް ނުދިނެވެ..
އުސްތާޒު އަނެއްކާވެސް ފިލާވަޅު ނަގައި ދޭން ފެށިއެވެ. އަނެއްކާވެސް އެއްކަލަ ނުލަފާ ސޮރު ތުނބުން ފުމެލައި އަޑުގަދަ ކޮށްލިއެވެ. އުސްތާޒު ހިމޭންވެފައި ބުންޏެވެ! ތުނބުން ފުމުނީ ކާކު ހެއްޔެވެ؟؟
އެއްވެސް ކުއްޖަކު ޖަވާބެއް ނުދިނެވެ؟؟
އުސްތާޒު ފިލާވަޅު ނަގައި ދިނުން ކުރިއަށް ގެންދިޔައެވެ. އަދި ތިންވަނަ ފަހަރަށްވެސް ތުނބުން ފުމެލި އަޑު އިވުނެވެ!!
އުސްތާޒު އޭނާގެ ވާހަކަ ހުއްޓާލައި، ފިލާވަޅު ނަގައި ދިނުން މިހިސާބުން ނިމުނީ ކަމަށް އިއުލާން ކުރިއެވެ. އަދި ބުންޏެވެ! ތިޔަ ކުދިންނަށް ވާހަކައެއް ކިޔައި ދެން ހެއްޔެވެ؟
މުޅި ކިލާހަށް ހިމޭންކަމާއި ސަމާލުކަން ވެރިވެގެން ދިޔައެވެ!
އުސްތާޒު ބުންޏެވެ! ރޭގައި އަހަރެން ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. ނުނިދިގެން އުޅެފައި އަހަރެން ސައިކަލަށް އަރައިގެން ދުއްވާލަން ދިޔައިމެވެ. ދުއްވަން ނިކުމެ އުޅުމުގެ ތެރޭގައި އަހަރެންނަށް ކޮތަޅެއް ހިފައިގެން ހިނގައިފައި ދިޔަ އަނެހނަކާ ދިމާވިއެވެ. އަހަރެން އޭނާގެ ކައިރިއަށް މަޑުކޮށްލާފައި ގެއަށް ވައްޓަލަދެން ތޯ އެހުމުން އެ އަންހެންމީހާ އެކަމަށް އެއްބަސްވިއެވެ.
އަހަރެން އޭނާ ސައިލަކަށް ލައިގެން ގޮސް ގެއަށް ބާލައި ދިނީމެވެ. އަދި އޭނާ އަހަރެންނަށް ބަލާފައި އަހަރެންނާ ސުއާލުކޮށްލާފައި ބުންޏެވެ!
އުސްތާޒެވެ! މަގޭ ހަރާން ދަރި، ހަރާމްޒާދާ ކިޔަވާނީ އުސްތާޒުގެ ކިލާހުގައެވެ. އޭނާއާ އުސްތާޒު އަޅާލާށެވެ. އަދި އަހަރެން އެކަން ކުރާނެ ކަމުގެ ޔަގީންކަންދީ، އެ ހަރާމްޒާދާގެ ނަމަކީ ކޮބައިތޯ އެހީމެވެ! އުމުރުން ދުވަސްވީ އެ އަންހެން މީހާ ހީލާފައި ބުންޏެވެ.
"އޭނާގެ ނަން ނުބުންޏަސް ތިބާއަށް އޭނާ އެނގޭނެ… ސަބަބަކީ އޭނާއަކީ ވަރަށް ގިނައިން ތުނބުން ފުމެ އުޅޭ ނުލަފާ ކުއްޖެއް" އަންހެން މީހާ ބުންޏެވެ.
އެ ހިސާބުން އެ ކިލާހުގައި ތިބި އެންމެހައި ދަރިވަރުން އެއްކަލަ ތުނބުން ފުމެ، ނުލަފާ އަރުވާ ކުއްޖާއާ ދިމާއަށް އެނބުރުނެވެ!
އުސްތާޒު އޭނާއަށް ބުންޏެވެ! "ދަރިއާއެވެ! މިތަނަށް އައިސް ބަލާށެވެ!" ކިލާހުގެ އެންމެ ކުރިމައްޗަށް އެސޮރު ގެނަސް ކޮއްޅަށް ބެހެއްޓިއެވެ!
"ކަލޭ ހީކުރީ އަހަރެން ޕީއެޗްޑީ ނަގައިގެން މިހިރީ ބާޒާރުމަތިން ކަމަށް ހެއްޔެވެ؟" އެކުއްޖާއާ ދިމާއަށް އުސްތާޒު ބުންޏެވެ! 😂😂
އެކްސްގައި ހޯމް މިނިސްޓަރު ކުރެއްވި ޕޯސްޓް:
"ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ އަޅުގަނޑަށް މައުލޫމާތު ދެއްވާފައެވެ.
ނަމަވެސް 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައެވެ.
ހޯމް މިނިސްޓަރ ޢަލީ އިޙުސާން
ރައީސް ޔާމީން ކުރެއްވި ތުހުމަތު:
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވަނީ މާފަންނު ގްރީން ބިލްޑިންގްގައި ޑިސެމްބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ހާދިސާއަކީ އާދައިގެ ހާދިސާއެއް ނޫނެވެ.
- ގަސްތުގައި ހިންގި އަމަލެއް: އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކު ގަސްތުގައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ވިދާޅުވިއެވެ.
- ރެކޯޑުތައް ނައްތާލުން: މި އަލިފާނުގެ ހާދިސާ އަމާޒުކޮށްފައިވަނީ އެ އިމާރާތުގައި ހުރި ތިން މިނިސްޓްރީއެއްގެ މުހިންމު ލިޔެކިޔުންތަކާއި ރެކޯޑުތައް ނައްތާލުމަށް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
- ހެކި ހުރުން: މިކަމާ ގުޅުންހުރި އެކަށީގެންވާ ހެކިތައް މިހާރުވެސް ދިވެހި ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.







