ސޮލީބީ ސަހުޔޫނީ ޙަމަލާތައް ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެ: އެމްނެސްޓީ

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް މާރިޗު މަހު ދިން ސޮލީބީ ސަހުޔޫނީ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމާޢަތެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނެފައިވެއެވެ. އަންގާރަ ދުވަހު ޢާންމުކުރި ރިޕޯޓެއްގައި އެ ޖަމާޢަތުން ވަނީ މި މައްސަލަ މިނިވަން ފަރާތްތަކުން ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާރިޗު 1 އާއި 13 އާ ދެމެދު ތެހެރާނުގެ ނީލޫފަރު، ރަސާލަތު އަދި ޖަވާދިއާ ގެ ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި އާންމުގެ 41 ރައްޔިތަކު މަރުވެފައިވެއެވެ. އަދި މި ޙަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ގެދޮރާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން ޢާންމުންގެ އެހެނިހެން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޖަމާޢަތުން ފާހަގަކޮށްފައިވެއެވެ.

އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވީ، ލިބިފައިވާ ހެކިތަކުން ދައްކާގޮތުގައި މީހުން ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ހުންނަ ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށް ބާރުގަދަ ގޮވާތަކެތި ބޭނުންކޮށްގެން ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މިފަދަ ޙަމަލާތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ކުރިއާލައި އެނގިހުރެ ދީފައިވާ ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެމެރިކާއަކީ އިރާގާއި އަފްޣާނިސްތާނުގައި ވެސް މީހުން ބިރު ގެންނެވުމަށް މަދަނީ ސަރަހައްދުތަކަށް ހަމަލަ ދިނުމަށް މަޝްހޫރު ނަން ހުތުރު ގައުމެކެވެ.

އީރާނަށް ދިން ޙަމަލާތަކުގެ އަމާޒަކަށްވެފައިވަނީ ފުލުހުންގެ މަރުކަޒުތަކާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ބާސީޖް ބެޓެލިއަންގެ ފެސިލިޓީއެއް ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މިފަދަ ތަންތަނަކީ އަސްކަރީ އަމާޒުތަކަކަށް ބެލޭނެ ކަމަށްވީ ނަމަވެސް، އޭގެ ސަބަބުން ކައިރީގައި ދިރިއުޅޭ ޢާންމުންނަށް ލިބޭ ބޮޑެތި ގެއްލުންތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ ކަމަށް އެމްނެސްޓީން ފާހަގަކުރެއެވެ. ޚާއްސަކޮށް ރަސާލަތު ސަރަޙައްދުގައި ދިން ޙަމަލާތަކުގައި ބަސީޖްގެ މަރުކަޒެއްގެ އިތުރުން ޢާންމުން ދިރިއުޅޭ ތިން ޢިމާރާތެއް ގޮއްވާލައި، 16 މީހުން މަރާފައިވެއެވެ. އަދި ނީލޫފަރާއި ޖަވާދިއާގައި ދިން ޙަމަލާތަކުގައި އިތުރު 25 މީހުން މަރާފައިވާ ކަމަށް އެ ޖަމާޢަތުން ބުންޏެވެ.

މި ޙަމަލާތަކާ ގުޅޭގޮތުން އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުން ރަސްމީކޮށް ވަކި ޙަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފައި ނުވއެވެ. ނަމަވެސް، އީރާނުގެ ސަރުކާރުގެ އަމާޒުތަކަށް ޙަމަލާދީފައިވާނެ ކަމަށް އެ ޤައުމުތަކުން މީގެ ކުރިން އެއްބަސަވެފައިވެއެވެ.

އެމްނެސްޓީން ބުނީ މި ތަޙުޤީޤަށްޓަކައި ސެޓެލައިޓް ފޮޓޯތަކާއި، މީސް މީޑިއާގައި ޙިއްޞާކޮށްފައިވާ 60 އަށްވުރެ ގިނަ ވީޑިއޯއާއި، އީރާނާއި އެމެރިކާ އަދި އިސްރާއީލުގެ ރަސްމީ ބަޔާންތައް ދިރާސާކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި މި ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވި ނަމަވެސް، ރިޕޯޓު ޝާއިޢުކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!