އައިސްލެންޑްގެ ސިޔާދަތަށް އަރައިގަތްކަމަށް ބުނެ އެމެރިކާ ސަފީރު ހާޒިރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައިސްލެންޑާއި އެމެރިކާގެ އަވަށްޓެރިންގެ ސިޔާދަތަށް އަރައިގަނެ އަވަށްޓެރިންނަށް ނުހޮރޮއްޕާން ކޮށްފިއެވެ. އޭނާ ވަނީ އެމެރިކާގެ ދިދައިގެ ކުލަތަކުން ޖަރީކޮށްފައިވާ ޗާޓެއް ޢާންމުކޮށްފައެވެ. އެކަމާ ގުޅިގެން، ރެއިކްޔަވިކްގައި ހުންނަ އެމެރިކާގެ ސަފީރު ބީލް ލޮންގް ވަނީ އައިސްލެންޑްގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖު އިއްވާފައެވެ.

އައިސްލެންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖަހައި އެމެރިކާގެ ރައީސް ޢާންމުކުރެއްވި މަންޒަރަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި މި ޢަމަލާ ގުޅިގެން ސަފީރަށް ވަނީ ހަރުކަށި އިބާރާތުން ނުރުހުން ފާޅުކޮށްފައެވެ.

ކެނެޑާއާއި، ޕެނަމާ އަދި ޑެންމާކާ ގުޅޭގޮތުން ކުރިން ވެސް ޓްރަމްޕް މިފަދަ ވާހަކަތައް ދައްކަވާފައިވާއިރު، މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ބައިނަލްއަޤުވާމީ ގާނޫނުތަކާ ޚިލާފަށް ގަނާކުރުމުގެ އުސޫލު ބޭނުންކޮށް އަވަށްޓެރިންނަށް ނުހޮރޮއްޕާން ކުރުމުގެ އަމަލުތަކެއް ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕްގެ ގޮތްކުޑަ އަމަލާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޤައުމުތަކުގެ ސިޔާދަތަށް އިޙުތިރާމްކުރުމަށާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ހަމަޖެހުން ނަގާލާފަދަ ކަންކަމުން އެމެރިކާ ދުރުވުމަށް ނަސޭހަތްތެރިވެފައި ވެއެވެ،.

ހިއްސާ ކުރައްވާ!