އިންޑިއާއާ އެކު ޤާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ނިއުޒީލެންޑުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ބުދަ ދުވަހު ބޭއްވި ވޯޓުގައި 93 މެންބަރުންގެ ވޯޓާ އެކު މި ޤާނޫނު ފާސްވެފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ސަބަބުން ނިއުޒީލެންޑުގެ އުފެއްދުންތަކަށް އިންޑިއާގެ ބާޒާރުން ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޑިއާއިން ނިއުޒީލެންޑަށް އެތުޑުކުރާ މުދަލުގެ ސައްތައިންސައްތަ ޑިއުޓީއަކާ ނުލައި ބާޒާރަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، އިންޑިއާގެ ފަތުރުވެރިކަމާއި، ފޭރާން އުފެއްދުމާއި، ހަނގުރާމައިގެ ނޫން ސިނާޢަތްތަކަށް ވެސް މި އެއްބަސްވުމުގެ ސަބަބުން އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ފާހަގަކުރެއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިއާއަށް ވައްދަން ނިއުޒީލެންޑުން ވަނީ ވައުދުވެފައެވެ.
ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމުގެ އިތުރުން، ޚާއްސަ ވިސާގެ ދަށުން އިންޑިއާގެ ޒުވާނުންނާއި މަސައްކަތްތެރިންނަށް ނިއުޒީލެންޑުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި އިންޖިނިއަރުންނާއި، ޑޮކްޓަރުންގެ އިތުރުން ޔޯގާ އިންސްޓްރަކްޓަރުންނަށް ވެސް ފުރުޞަތު ލިބޭނެއެވެ. މިއީ ދެ ޤައުމުގެ މެދުގައި އޮތް ސްޓްރެޓެޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވާނ ކަމެއް ކަމަށް ބޮޑުވަޒީރު ލަކްސަން މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ބަޔާނުކުރައްވާފައިވެއެވެ.
މި އެއްބަސްވުން އިންޑިއާގައި ޢަމަލުކުރަން ފެށުމަށްޓަކައި ވީއެންމެ އަވަހަކަށް މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާގެ ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

