ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްބޭއްވުމަކީ ޤާނޫނުގައި އޮންނަ އުސޫލެއް ނޫން: ރައީސް މައުމޫން

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅޭ ވަގުތު ކަނާތްތިލަ މޭމަތީގައި ބޭއްވުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅާފައިވާ ރަސްމީ އުސޫލެއް ނޫންކަމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މީސް މީޑިއާގައި ޙިއްސާކުރެއްވި ކުރު ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ ކަމެއް ނޫނެވެ.

ރަސްމީ ޕްރޮޓޮކޯލް އޮންނަ ގޮތުން، ޤައުމީ ސަލާމް ކިޔާ ހިނދު ހުންނަން ވާނީ ދެއަތް ތިރިއަށް ދޫކޮށްލައިގެން އަދަބުވެރިކަމާއެކު ސީދަލަށެވެ. އަދި ސަލާމަތީ ޚާއްސަ ބާރުތަކުން ޔުނީފޯމުގައި ތިބޭއިރު ގައުމީ ސަލާމަށް އަދާކުރަންޖެހޭނީ ރަސްމީ ސެލިއުޓެކެވެ.

ގައުމީ ސަލާން ކިޔާއިރު މޭމަތީގައި އަތް ބޭއްވުމަކީ މިފަހަކަށް އައިސް ދައުލަތުގެ އިސް ވެރިންގެ މެދުގައި ޢާންމުވެފައިވާ ކަމެކެވެ.

ހިއްސާ ކުރައްވާ!