ޕީއެންސީގެ ލީޑަރޝިޕަށް 10 ބޭފުޅަކު ރައީސް މުޢިއްޒު އައްޔަނުކުރައްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ލީޑަރޝިޕަށް 10 ބޭފުޅަކު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފިއެވެ.

މި ބޭފުޅުންގެ ނަންފުޅުތައް އިޢުލާނުކުރެއްވީ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހުވާކުރެއްވުމަށް ބޭއްވި ޚާއްސަ ދަރުބާރުގެ ތެރެއިންނެވެ.

ޕާޓީގެ އަސާސީ ޤަވާއިދުން ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރަކާއި، ވަޒީރުންގެ ފެންވަރުގެ ތިން ބޭފުޅަކާއި، ސަފީރެއްގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ކޮންގްރެސް ޕާޓީގެ ލީޑަރޝިޕަށް ރައީސް މުޢިއްޒު އައްޔަނުކުރެއްވި ބޭފުޅުންނަކީ:

  1. ޢަބްދުﷲ ފަޔާޒް – ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް
  2. ޢަބްދުﷲ ނާސިރު – ރައީސް އޮފީހުގެ މިނިސްޓަރ
  3. މުޙައްމަދު ޢަމީން – މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
  4. ޤީލާ ޢަލީ – މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
  5. ޑރ. ޢަބްދުﷲ މުއްތަލިބް – މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
  6. މުޙައްމަދު ތަލާލް – ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސް
  7. އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް – މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ
  8. ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރު – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ
  9. ޙަމްދާން ޝަކީލް – އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ
  10. ސަފީރު އާދަމް ޝަރީފް
ހިއްސާ ކުރައްވާ!