އެޗްއައިވީ / އެއިޑްސް ބަލިން ރައްކާތެރިވުމަށް ދޭ އަގު ހެޔޮ އިންޖެކްޝަނެއް ބޭނުން ކުރުން ހުއްދަ ކޮށްފި

އެއިޑްސް ބަލިން ރައްކާތެރިވުމަށްޓަކައި އަހަރަކު ދެފަހަރު ޖަހަންޖެހޭ މުހިންމު އިންޖެކްޝަނެއްގެ ޖެނެރިކް ވާޝަން، ދުނިޔޭގެ ފަގީރު ޤައުމުތަކުގައި ހެޔޮ އަގުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.

"ލެނަކަޕަވިއަރ" ގެ ނަމުން ނަންދެވިފައިވާ މި އިންޖެކްޝަންގެ ޖެނެރިކް އުފެއްދުންތައް ބޭނުންކުރުމުގެ ހުއްދަ އެފްޑީއޭއިން ދިނުމާއެކު، ދުނިޔޭގެ އެންމެ މަދުން އާމްދަނީ ލިބޭ 120 ޤައުމަކަށް، އަހަރަކު ކޮންމެ މީހަކަށް ބޭނުންވާ މި ބޭސް އެންމެ 40 އެމެރިކާ ޑޮލަރަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ކުރިން ބޭސް ގަންނަން ލިބޭ އަގަށްވުރެ ނިސްބަތުން އަގުހެޔޮ މިންވަރެކެވެ.

އެފްރިކާގެ ޤައުމުތަކުގައި އެއިޑްސް ބަލި ކޮންޓްރޯލްކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެމެރިކާއިން ފޯރުކޮށްދެމުންދިޔަ މާލީ އެހީތައް ކުއްލިއަކަށް ކަނޑާލުމާ ގުޅިގެން، އެ ފަދަ ބޭސްތައް ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އޭގެ ސަބަބުން އެފްރިކާ ބައްރުން އެތައް ސަތޭކަ ހާސް މީހުންނެއް އެއިޑްސް ބަލީގައި މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ހިއްސާ ކުރައްވާ!