އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ގަވަރުނަރުކަމުގެ ދެވަނަ ދައުރެއް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކެތީ ހޯކުލް ކާމިޔާބުކުރައްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގައި ވާދަކުރައްވައި ހޯކުލް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ބްރޫސް ބްލެކްމަންއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.
ކެތީ ހޯކުލް އެންމެ ފުރަތަމަ ނިއުޔޯކުގެ ގަވަރުނަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު، އޭރުގެ ގަވަރުނަރު އެންޑްރޫ ކޫމޯ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ނައިބު ގަވަރުނަރުގެ ހައިސިއްޔަތުންނެވެ. އޭގެފަހުން 2022 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި، އެނާ ވަނީ ފުރިހަމަ ފުރަތަމަ ދައުރެއް ފުރިހަމަ ކުރައްވާފައެވެ.
އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޯޓުލާ ފަރާތްތަކުގެ ކިބައިން އޭނާގެ ނަން ވޯޓު ކަރުދާހުގައި އޮތް ކަމަށް ބަލައިގެން ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.
އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި، ޓްރަމްޕްގެ އެދިވަޑައިގަތުމަށް އިޝާރާތްކުރައްވައި ހޯކުލް ވިދާޅުވީ "ރައީސް އެދިވަޑައިގެންނެވި ގޮތަށް ރައްޔިތުން އެކަން ކޮށްދީފި" ކަމަށެވެ. އަދި ޓްރަމްޕްގެ އެދިވަޑައިގަތުން ޙަޤީޤަތަކަށް ވެއްޖެ ކަމަށް ވިދާޅުވެ، ހޯކުލް ވަނީ ޓްރަމްޕަށް މަލާމާތް ކުރައްވާފައެވެ.







