ޕާކިސްތާނުން ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް ނިންމައިފިއެވެ. ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް ބިނާކުރުމަށް ހަމަޖެހި ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމްއާބާދަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން، ނެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ސްޓޭޑިއަމް އެޅުމަށް ގުޅީފަޅުން ބިން ވަނީ ކަނޑައަޅާފައެވެ. އަދި ޕާކިސްތާން ކްރިކެޓް ބޯޑުގެ ޚާއްސަ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައިސް، މަޝްރޫއުގެ ފީސިބިލިޓީ އެސެސްމަންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ގުޅީފަޅަކީ މާލެއާ ކައިރީގައި އޮތް، ކުރިން ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައި އޮތް ތަނެކެވެ.، މިހާރު އެތައް ބަޔަކަށް ބޯހިޔާވަހިކަން ގުޅީފަޅުން ފޯރިުކޯށްދީފައި ވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، 2019 ވަނަ އަހަރު އިންޑިއާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް މާލެއަށް ކުރެއްވި ޒިޔާރަތުގައި، އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން ހުޅުމާލޭގައި 22،000 މީހުންގެ ޖާގައިގެ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދިނުމަށް އެއްބަސްވެފައިވެއެވެ.
އޭރު 40 މިލިއަނާއި 45 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރެވުނެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އެސޯސިއޭޓް މެމްބަރެކެވެ.


