އެމެރިކާގެ އަސްލު ވަޒަންވެރިންގެ ނަސްލު ނައްތާލުމަށް ކުރި މަސައްކަތެއް

އެމެރިކާގެ އަސްލު ވަޒަންވެރިންގެ ނަސްލުގެ 973 ކުއްޖަކު، އެމެރިކާގެ ބޯޑިންގ ސްކޫލުތަކުގައި މަރާލާފައިވާ މައްސަލަތަކެއް ތަޙުޤީޤުކޮށްފިއެވެ. ގާޑިއަން ނޫހުން ބުނިގޮތުގައި އެމެރިކާ ސަރުކާރުން ކުރި ތަހުޤީޤަކަށްފަހު އެސްކޫލުން ވަނީ އެކަމަށް މަޢާފަށް އެދިފައެވެ!

އެމެރިކާގެ އަސްލު ރަށްވެހިންނަކީ މުޖުތަމަޢުން އެކަހެރިކޮށް، “ރިޒަރވޭޝަން” ގެ ނަމުން އެކަހެރިކުރެވިފައިވާ ޚާއްސަ ބަސްތީތަކުގައި ގަދަކަމުން، އާބާދުކޮށްފައިވާ ބަޔެކެވެ. ހަރުކަށި ހަމަތަކަކާއެކު އެމެރިކާ ސަރުކާރުން އެމީހުންނަށް ހިންގާފައިވާ މި ބޯޑިން ސްކޫލުތަކަކީ، ދޮން މީހުންގެ މުޖުތަމަޢަށް އަސްލު ރަށްވެހިން ހޭނުމަށްޓަކައި، އުފެއްދި ސްކޫލުތަކެކެވެ.

މި ސްކޫލުތަކުގައި އަސްލު ރަށްވެހިން މަރުވެގެން އެކަން އާންމު ސަމާލުކަމަށް އައުމުން، އެމެރިކާ ސަރުކާރުން ހިންގާފައިވާ ތަޙުޤީޤުގައި 400 އަށް ވުރެން ގިނަ ސްކޫލެއްގައި ކުދިން މަރާފައި ވަޅުލާފައިވާ ކަން ސާބިތުވެފައި ވެއެވެ. ތަހުޤީޤު ކުރާ ފަރާތްތަކުން ވަނީ ކުދިން ވަޅުލާފައިވާ 65 މަހާނައެއްވެސް ހޯދައިގެންފައެވެ.

ނިއުމެކްސިކޯ ސްޓޭޓްގެ ކެބިނެޓްގައި ފުރަތަމަ ފަހަރަށް ހިމެނިވަޑައިގަތް އަސްލު ރަށްވެހިންގެ ދަރިކޮޅުގެ ފުރަތަމަ މިނިސްޓަރު ވިދާޅުވީ، މި ސްކޫލުތަކުގެ ނިޒާމު ދޮން މީހުން ތަޢާރަފް ކޮށްފައިވަނީ އެމެރިކާގެ އަސްލު ނަސްލުގެ މީހުން އެއްކޮށް ނައްތާލައި ސާފުކޮށްލުމުގެ މަޤްޞަދުގައެވެ.

މިއީ ބޯޑިންގ ސްކޫލުތަކުގައި ކުދިން މަރާލުމާ ގުޅިގެން ކޮށްފައިވާ ދެވަނަ ތަޙުޤީޤެވެ. ފުރަތަމަ ތަޙުޤީޤަށްފަހު ނެރެފައިވާ، 2022 ވަނަ އަހަރު ގެ ރިޕޯޓެއްގައި އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި އެ ސްކޫލްތަކުގައި 500 އަށް ވުރެ ގިނަ ކުދިން މަރާލާފައި ނުވަނަ މަރުވެފައި ވެފައިވެ އެވެ. އަސްލު ރަށްވެހިންގެ ކުދިންނަށް ގަދަކަމުން ކިޔަވައި ދިނުމަށް އެމެރިކާގެ ދޮން މީހުންގެ ސަރުކާރުން ޤާނޫނު ފާސްކުރީ، 1819 ވަނަ އަހަރު އެވެ.

އެ ސްކޫލްތަކުގައި ކުދިންގެ ނަންތައް އިނގިރޭސި ނަންނަމަށް ބަދަލުކޮށްފައި ވެއެވެ. އަދި އެކުދިން ލައްވައި އެތަންތާނގައި ބުރަ މަސައްކަތް ކުރުވިކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

އެ ބޯޑިން ސްކޫލުތަކުގައި އުޅުނު ކުރީގެ ދަރިވަރުން ވަނީ އޮކްލަހޯމާ، ސައުތު ޑެކޮޓާ، މިޝިގަން، އެރިޒޯނާ، އެލަސްކާ އަދި އެހެނިހެން ސްޓޭޓްތަކުގައި ބާއްވާފައިވާ ތަޙުޤީޤުތަކުގައި ބައިވެރިވެ ހެކިބަސްދީފައެވެ.

މި ތަހުޤީޤުތަކުގައި  ބުނެފައި ވަނީ، އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމުން އަދަބު ދީފައިވާ ކަމަށާއި ބިންގަރާސްތަކުގައި ތަޅުލާފައި ބޭތިއްބުމާއި އެމީހުންގެ އަމިއްލަ ސިފައާއި ސަޤާފަތް އުވާލުމަށް، އިސްތަށިގަނޑު ކޮށުމަށް މަޖުބޫރު ކުރިކަމަށްވެސް ބުނެފައި ވެއެވެ. އަދި ބައެއް ފަހަރު އެކަހެރިކޮށް ބަންދުކުރުމާއި ތަޅައި ބަނޑަށް ބޭތިއްބުމުގެ މައްސަލަ ވެސް އެމީހުންނަށް ކުރިމަތިވި ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!