އިންޑިއާގެ އެންމެ ބޮޑު ފެސްޓިވަލް ކަވަރު ކުރުމަށް މުސްލިމު ރިޕޯޓަރެއް

އިންޑިއާގެ އެންމެ ގިނަ ހިންދީން އެއްވެގެން ބާވާ ކުމްބްމޭލާ ފެސްޓިވަލް ކަވަރު ކުރުމަށް ބީބީސީން އިންޑިއާއަށް ފޮނުވީ މުސްލިމު ރިޕޯޓަރެކެވެ. ބީބިސީ އިން ކުރިން އިންޑިއާގައި ހިންދީންގެ މެދުގައި މުސްލިމުންނަށް އަމާންކަމެއް ނެތް ކަމަށް ބުނެ ރިޕޯޓުތައް ގެނަސްދީފައިވާތީ މީހުން ސުއާލުކޮށްފައި ވަނީ މިލިއަން ހިންދޫންގެ ފެސްޓިވަލެއްގައި އެމީހުންގެ ތެރޭގައި އެ ފެސްޓިވަލް ކަވަރު ކުރަން މުސްލިމު ރިޕޯޓަރަކު ފޮނުވީ އިންޑިއާގައި މުސްލިމުންނަށް ރައްކާތެރިކަމެއް ނެތީމަ ހެއްޔެވެ؟

އިންޑިއާގައި ބާއްވާ 2025 ވަނަ އަހަރު އެގައުމުގެ އެންމެ ބޮޑު ދީނީ އެއް އިވެންޓް ކަމަށްވާ މަހާ ކުމްބް މެލާ ކަވަރު ކުރުމަށް ބީބީސީން ފޮނުވާފައ ވަނީ ސަމީރާ ހުސައިން އެވެ.

ސޯޝަލް މީޑިއާގެ މަޝްހޫރު ޔޫޒަރުން ވަނީ ބީބިސީގެ ރިޕޯޓު ކުރުމަށް ފާޑު ކިޔާފައެވެ. އަދި މުސްލިމަކު ފޮނުވުމުން އިންޑިއާގައި މުސްލިމުންނަށް ރައްކާތެރިކަން އޮތް ކަން ދޭހަވާކަމަށްވެސް ބުނެފައެވެ.

ޔޫޕީގެ ޕްރަޔާގްރާޖްގައި ބާއްވާ މަހާ ކުމްބް މޭލާގައި އެތައް މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް