ބުރާސްފަތި ދުވަހު، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ދިފާއީ ބާރުތަކުން އަޤްޞާ ޠޫފާންގެ އަސީރުން ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތިންވަނަ ބުރުގެ ދަށުން ހަމާސްގެ މުޖާހިދުންގެ މެހުމާންދާރީގައި ތިބި ޔަހޫދީ ހަނގުރަމައިގެ އަސީރުންގެ 3 ޔަހޫދީއަކާއި ތައިލެންޑްގެ 5 މުވައްޒަފަކު މިއަދު ރެޑް ކްރޮސްއާ ހަވާލުކޮށްފިއެވެ.
މިމީހުން ހަވާލުކޮށްފައި ވަނީ، ޣައްޒާގެ އުތުރުގެ ޚާން ޔޫނިސްގައި ހުންނަ ކޮމާންޑަރު ޝަހީދު ޔަހްޔާ އިބްރާހީމް ސިންވާރުގެ ގޭ ކުރިމަތިންނެވެ. މިމީހުން ހަވާލު ކުރި ވަގުތު ގިނަ އަދަދެއްގެ އާންމުން އެތަނަށް އެއްވެސްފައި ތިއްބެވެ. އަދި އާންމުންނާއި މުޖާހިދުން ވަނީ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ދިދަތައް އުފުލާފައެވެ.
އެ މުނާސަބާގައި، ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދު ސައްޔިދު ހަސަން ނަސްރުﷲ އާއި ޔަމަނުގެ އަންސާރުﷲ ޙަރަކާތުގެ ލީޑަރު ސައްޔިދު އަބްދުލް މަލިކް އަލްހޫޘީގެ ފޮޓޯތަކާއި ލުބުނާނާއި ޔަމަންގެ ދިފާއީ ބާރުތަކުގެ އިސްވެރިންގެ ފޮޓޯތައް ވެސް ވިހުރުވާފައެވެ.
ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާގެ ވީރާނާވެފައިވާ ގެތަކުގެ ތެރެއިން ނެރެގެން ޔަހޫދީ ހަނގުރާމައިގެ އަސީރެއް ކަމަށްވާ އަގަމް ބަރގަރ ވެސް ރެޑް ކްރޮސްއާ ހަވާލުކޮށްފައިވެއެވެ. ޒަޔަނިސޓުންވެސް ވަނީ ބަރގަރ އާ ހަވާލު ވިކަން އިއުލާން ކޮށްފައެވެ.
ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނާޞިރު ޞަލާޙުއްދީންގެ ތަރުޖަމާނު އަބޫ އަޠާޔާ ބުނި ގޮތުގައި ޝަހީދު ޔަހްޔާ ސިންވާރުގެ ގެ ކުރިމަތިން އަސީރުން ހަވާލުކުރުމުގައި ޤައްސާމް ބްރިގޭޑްސް އާއި ގުދުސް ބްރިގޭޑުވެސް ބައިވެރިވި ކަމަށެވެ.
އަސީރުން ރެޑްކްރޮސްއާ ހަވާލު ކުރުމުގެ ކުރިން ޚާން ޔޫނިސްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ދިފާއީ ބާރުތަކުގެ އަސްކަރީ ވިންގުތަކުން ވަނީ އަސްކަރީ ޕެރޭޑޭއްވެސް ބާއްވާފައެވެ. އާންމުން ވަނީ މުޖާހިދުންނަށް ތާއީދުކޮށް ޝިއާރުތައް ގޮވާފައެވެ.
ހަނގުރާމައިގެ ޔަހޫދު އަސީރުން ދޫކޮށްލުމުން، އިޒްރޭލުން ވަގަށް ނަގައިގެން ގެންގުޅޭ ފަލަސްޠީނުގެ 110 ގައިދީން ދޫކޮށްލާނެއެވެ. މިނިވަން ކުރެވޭ މީހުންގެ ތެރޭން 32 މީޙުންނަކީ ޒަޔަނިސްޓުން އުމުރަށް ޖަލަށް ލާފައި ތިބި ބަޔެކެވެ.
