ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މުޙައްމަދު މަލީހް ޖަމާލު މާލެއިން ބިމެއް ގަތްކަން ސިވިލް ކޯޓުގެ ޙުކުމަކުން ހާމަވެއްޖެއެވެ.
ސިވިލް ކޯޓުގެ ޙުކުމުގައިވާ ގޮތުން، މައްޗަންގޮޅީގައި ހުންނަ 1066 އަކަފޫޓުގެ ބިމަކާއި އެ ބިމުގައި ހުރި އިމާރާތް މަލީޙު ބައްލަވައިގެންފައިވަނީ 8 މިލިއަން ރުފިޔާއަށެވެ. މި ބިމުގެ އަގު މުޅިން ދައްކާ ނިމިފައިވާތީ، އެ ބިން މިހާރު މަލީޙަށް މިލްކުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
މި ބިމުގެ އެހެން މިލްކުވެރިންގެ ގޮތުގައި ހިމެނެނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ދަރިންނެވެ.
މުޙައްމަދު މަލީޙަކީ ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރައްވާފައެވެ. ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓކާ ގުޅިގން އޭނާ ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާފައެވެ. މިހާރު މަލީޙު ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ.
