އިސްރާއީލުގެ ނޫސް ޔެޑިއޮތު އަހްރޮނޮތު އިން ކަށަވަރުކޮށްދިން ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ތެރޭގައި ތިބި ދިހަހާސް ރިޒާވް ސިފައިން ނަފްސާނީ ފަރުވާ ހޯދަމުން ގެންދެއެވެ. އެމީހުން ފަރުވާ ހޯދަމުން އަންނަނީ އެތައް މަސްތަކެއް ވަންދެން އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށް ފަހު ކަމަށް ބުނެފައި ވެއެވެ.
މީގެ ދޮޅުމަސް ކުރިން ޒަޔަނިސްޓުންގެ އޮކިއުޕޭޝަން ސެކިއުރިޓީ މިނިސްޓްރީން ފެށި ޕްރޮގްރާމެއްގައި 170،000 ސިފައިން ނަފްސާނީ ފަރުވާއަށް ރަޖިސްޓްރީ ކުރި ކަމަށް އެ ނޫހުގައި ބަޔާންކޮށްފައި ވެއެވެ. އަދި ނަފްސާނީ ފަރުވާގެ ޕްރޮގްރާމަށް ރިޒާވް ސިފައިންގެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް ލިބެމުންދާކަން ފާހަގަކޮށްފަ އެވެ.
ނަމަވެސް އޮކިއުޕޭޝަން ސެކިއުރިޓީ މިނިސްޓްރީން ފަށާފައިވާ ފަރުވާގެ ޕްރޮގްރާމަށް ޑިމާންޑާ އެއްވަރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ޒަޔަނިސްޓުންގެ ތެރޭގައި ތެރަޕިސްޓުންގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާކަން އެ ނޫހުން ފާހަގަކުރި އެވެ.
މި ގޮތުން ފްރެންޑްސް އޮފް ދަ އައިޑީއެފް ޑިސެބަލްޑް އޮގަނައިޒޭޝަންގެ ވެބްސައިޓުން ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 10،000 ސިފައިންނަކީ ނަފްސާނީ ނުކުޅެދުންތެރިކަން (ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ) ޖެހިފައިވާ ބައެއް ކަމަށް ބެލެވެ އެވެ.
އެ ވެބްސައިޓުގައި ބުނެފައި ވަނީ ޣައްޒާ އާއި ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ސިފައިންގެ 14،700 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.





