ނަވީ ޕިއްލޭއާ ބެހޭ ގޮތުން ނަތަންޔާހޫ ބުނީ ކީކޭ؟

ޣައްޒާގައި އިސްރާއީލުން ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުމަތު ކުރައްވާ ނަވީ ޕިއްލޭއަށް ހުކުރު ދުވަހު ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތުމާ ގުޅިގެން އޭނާއާ ދެކޮޅަށް ޔަހުދީ ބޮޑު ވަޒީރު ބަހުގެ ހަމަލަތަކެއް ދެއްވައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މީސް މީޑިއާގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައި ވަނީ ނޮބެލް ކޮމިޓީއަކީ އަޚްލާގީ މިންގަނޑުތައް ގެއްލިފައިވާ އިދާރާއެއް ކަމަށެވެ. އަދި ބުނެފައި ވަނީ ޔަހޫދީންނާ ދެކޮޅަށް ދޮގު ތުހުމަތުތަކެއް އުފެއްދުމުގައި ކެރިއަރު ބިނާކުރެއްވި ތައައްސުބުން ފުރިގެންވާ ބޭފުޅަކަށް އެންމެ މަތިވެރި ޝަރަފު ދީފައިވާ ކަމަށާއި، އޭނާ މަސައްކަތްކުރައްވަނީ ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ކަމަށެވެ.

ޕިއްލޭއަކީ ހަނގުރާމައިގެ މައިދާންތަކުގައި ރޭޕް ކުރުމާއި ޖެނޮސައިޑާ ދެކޮޅަށް ވަކާލާތު ކުރެއްވުމުގައި އަރާ ހުންނެވި ގާނޫނީ ތަޖުރިބާކާރެކެވެ.

ނަވީ ޕިއްލޭއަކީ ފަލަސްތީނާ ބެހޭ އދގެ މިނިވަން އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީގެ ރިޔާސަތު ބެލެެއްވި ބޭފުޅެކެވެ. ފާއިތުވި އަހަރު މި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ދަނީ ޣައްޒާގައި ގަތުލުއާންމެއް ހިންގަމުންނެވެ.

ނަތަންޔާހޫއަކީ ޕިއްލޭގެ ރިޕޯޓުގެ މާކުރިންވެސް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައިވާ މީހެކެވެ.

ހިއްސާ ކުރައްވާ!