އީރާނުން ސަރަހައްދުގައި އެއްވެސް ކުރިމަތިލުމެއް ނުހިނގާ އިރުވެސް އީރާނަށް އެއްވެސް ފަރާތަކުން ހަމަލާ ދީފިނަމަ މުޅި ސަރަހައްދަށް ހަމަޖެހުން އާންމު ވެގެން ދާނެ ކަމަށް އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ހުސެއިން ބާގިރީ ވިދާޅުވެއެވެ.
އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ރައްދުދެއްވަމުން ބާގިރީ ބުދަ ދުވަހު ވިދާޅުވީ އީރާނުން ރައދުގައި ދޭ ހަމަލާތަކަށް ކުރިއަށްވުރެ މާ ބޮޑަށް ވަރުގަދަ ވާނެ ކަމަށެވެ. އަދި އެފަދަ ހަމަލައެއް ދޭނީ ހަމައެކަނި އިޒްރޭލަކަށް އެކަންޏެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ "އިޒްރޭލުގެ ހިސާބުގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތަކަށް އެހީ ފޯރުކޮށްދޭ ކޮންމެ ފަރާތެއްގެ ސަލާމަތަށް ނުރައްކާވާނެ" ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ "އިރާނުގެ ގާބިލްކަން އިޒްރޭލަށް ރަނގަޅަށް އެނގޭ ކަމަށާއި އެއްވެސް ގޯހެއް ހެދިއްޖެ ނަމަ ބޮޑު އަގެއް ދައްކަން ޖެހޭނެ" ކަމަށެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަމީރު އަލީ ހާޖީޒާދޭ މީގެ ކުރިން ވަނީ އޮޕަރޭޝަން ވަޢުދުއް ޞާދިޤު ކަނޑައެޅިގެން އެކަށީގެންވާ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށް އިއުލާންކޮށް، އެއީ "އަޅުގަނޑުމެންނަށް ހަމައެކަނި ގެއްލިގެން ނުވާނެ މުހިންމު ފުރުސަތެއް" ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އިންޒާރު ދެއްވީ ދުޝްމަނުން އީރާނާ ދެކޮޅަށް އިންޒާރުތައް ކުރިއަށް ގެންދާނަމަ މުޅި ސަރަހައްދުގައި އަލިފާން ރޯވެ، އެކަމުގެ ނަތީޖާއާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.




