އެމެރިކާގެ ސޯޝަލް ސެކިއުރިޓީ އެޖެންސީގެ މުވައްޒަފުން އޮފީސްގަޑީގައި ޚަބަރު ކިޔުން މަނާކޮށްފި

އެމެރިކާގެ ސޯޝަލް ސެކިއުރިޓީ އެޖެންސީގެ މުވައްޒަފުން އޮފީސްގަޑީގައި ޚަބަރު ކިޔަން ވެބްސައިޓްތަކަށް ވަނުން މަނާކޮށްފިއެވެ. މިކަން މަނާކޮށްފައި ވަނީ އިލޮން މަސްކުގެ އޮފީހުން ފޮނުވި އީމެއިލެއްގައެވެ.

ސޯޝަލް ސެކިއުރިޓީ އެޖެންސީއަކީ އަކީ 60 ހާސް މީހުން ވަޒީފާ އަދާ ކުރާ އޮފީހެކެވެ. މަސްކު ހިންގާ އެމެރިކާގެ ހިންގުން ހަރުދަނާ ކުރާ މިނިސްޓްރީން އެ އެޖެންސީގެ 6 ހާސް މީޙުން ވަޒީފާއިން ކެނޑުމަށް ނިންމާފައި ވެއެވެ.

މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައި ވަނީ އެމީހުންނަށް ވަޒީފާ ދީފައި ވަނީ މީހުންނަށް ޚިދުމަތް ކުރާށެވެ. އެހެންވެ ރަސްމީ ގަޑީގައި ޚަބަރު ކިޔަން ވެބްސައިޓުތަކަށް ވަދެފައި ތިބެގެން ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!