އިންޑިއާއިން ޕާކިސްތާނަށް ހަމަލައެއް ދީފިނަމަ ނޫނީ ޕާކިސްތާނަށް ފެން ބަންދުކޮށްފިނަމަ، ޕާކިސްތާނުން ނިއުކްލިއަރ ހަމަލައެއް ދޭން ފަހެއް ނުޖެހޭނެ ކަމަށް ރަޝިޔާއަށް ކަނޑައަޅާފައިވާ ޕާކިސްތާންގެ އެމްބެސެޑަރު ވިދާޅުވެއެވެ. އާރްޓިއާ ވާހަކަ ދައްކަމުން މުހައްމަދު ޚާލިދު ޖަމާލީ ވިދާޅުވީ ޕާކިސްތާނުން އަމިއްލަ ދިފާއުގައި ފިޔަވަޅު އަޅާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވިއރު، ޕާކިސްތާންގެ ދިފާއީ ވަޒީރުވެސް ވަނީ ޕާކިސްތާނުން އިންޑިއާއަށް ބޮން އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއިން އިންޑުސް ކޯރުގައި އެއްވެސް ތަނެއް ބިނާ ކުރާނަމަ އެ ތަނަކަށް ޕާކިސްތާނުން ބޮން އަޅާނެ ކަމަށް ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ފެން ބަންދުކޮށް ކޯރުގައި އިތުރު ތަނެއް ބިނާ ކުރުމަށް ހުއްދައެއް ނުދެވޭނެ ކަމަށެވެ.
ޖިއޯ ނިއުސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕާކިސްތާންގެ ފޮރިން މިނިސްޓްރިއާއި ލޯ މިނިސްޓްރިއާއި ފެނާ ބެހޭ މިނިސްޓްރީގެ މަޝްވަރާއަށް ފަހު އިންޑިއާއަށް އިހުތިޖާޖުގެ ނޯޓެއް ފޮނުވުމަށް ޕާކިސްތާނުން ތައްޔާރު ވަމުންދާ ކަމަށެވެ.
ޕާކިސްތާނުން ވަނީ ދުރު ރާސްތާއަށް ދަތުރު ކުރާ އަބްދަލީ ބެލެސްޓިކް މިސައިލެއްވެސް ޓެސްޓް ކޮށްފައެވެ.


