ތާޕްސީ ޕަންނޫ އަނެއްކާވެސް ހަސީން ދިލްރުބާގެ އައު ފިލްމަކުން ފެނިގެން ދާނެއެވެ. އައު ފިލްމު ވެގެންދާނީ ހަސީން ދިލްރުބާ ސިލްސިލާގެ ތިންވަނަ ފިލްމަށެވެ.
ހަސީން ދިލްރުބާއާއި ފިރް އައީ ހަސީން ދިލްރުބާ އަކީ ނެޓްފްލިކްގައި އެންމެ މަގްބޫލު ޓައިޓަލް އެވެ.
މިފިލްމުގެ ސްކްރިޕްޓް ލިޔާ، ކަނިކާ ޑިލޮން ދަނީ ތިން ވަނަ ފިލްމުގެ ސްކްރިޕްޓް ނިންމަމުންނެވެ. ހަސީން ދިލްރުބާގެ އައު އެޕިސޯޑެއް އަންނަން އުޅޭކަން އެނގިގެން ދިޔައީ، ތާޕްސީ، މިސްމީޑިއާގައި ކުރި ޕޯސްޓަކުންނެވެ. އޭގައި ސްކްރިޕްޓް ލިޔާ ކަނީކާއަށް ޓެގްކޮށް ބުނެފައި ވަނީ، ހަސީން ދިލްރުބާގައި ކޮށްފައިވާ ސިޔާސަ އެކްޓް މަތިން ހަނދާން ވާކަމަށެވެ. އެއަށްފަހު ކަނީކާގެ ޕޯސްޓްގައި ބުނެފައި ވަނީ ދެން އަންނަ އެޕިސޯޑެއްވެސް ކުރީގެ ދެ އެޕިސޯޑަށް ވުރެން މާސިޔާސަ ވާނެ ކަމަށެވެ. މިހާރު މިއުޅެނީ ސްކްރިޕްޓް ނިންމުމުގެ މަސައްކަތުގައި ކަމަށެވެ.
މި ދުވަސްވަރު ތާޕްސީ އުޅެނީ ދެން ރިލީޒް ކުރުމަށް ހަމަޖެހިފައިޥާ އޭނާގެ އައު ފިލްމު ގަންދާރީގެ މަސައްކަތުގައެވެ. މި ފިލްމުގައި އިޝްވަކް ސިންގ ލީޑް ރޯލް ކުޅޭނެއެވެ.






