އިންޑިއާ ސިފައިން ފޮނުވާލައިފި

ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާގެ 74 ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ. އަދި އެ ސިފައިން ރާއްޖޭގައި ތިބިއިރު ހަތިޔާރު ގެންގުޅެފައި ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ދިފާޢީ ވަޒީރު މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ތިބި އިންޑިއާގެ 74 ސިފައިން ހަތިޔާރު ގެންގުޅެފައި ނުވާ ކަމަށާއި، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހުރިހާ ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.ވަޒީރު ޣައްސާން އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހަނިމާދޫގައި ތިބި 25 ސިފައިންނާއި، ކައްދޫގައި ތިބި 25 ސިފައިންނާއި، އަދި ސ. ގަމުގައި ތިބި 24 ސިފައިން ވަނީ ފޮނުވާލާފައި ކަމަށެވެ.މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރަންޖެހޭނީ ދިވެހިންނާއި ދިވެހި އަސިފައިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ސިފައިންގެ ގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.ވަޒީރު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ދަރަންޏެއް ޑިފޯލްޓް ވެފައި ނުވާތީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ މައްސަލައެއް ކަމަށް ނުދެކެވަޑައިގަންނަވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް