އާސިމް މުނީރަކީ މިހާރު ފީލްޑް މާޝަލް އާސިމް މުނީރު

ޕާކިސްތާން ސިފައިންގެ ވެރިޔާ އާސިމް މުނީރަކީ ދެކުނު އޭޝިއާގައި ސިފައިންގެ ޚިދުމަތުގައި ހުންނެވި ހަމައެކަނި ފީލްޑް މާޝަލްއެވެ. އޭނާއަށް ފީލްޑް މާޝަލްގެ މަޤާމުގެ އަސާ ޙަވާލުކޮށް ދެއްވީ ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އެވެ. ދެކުނު އޭޝިއާގައި އެރޭންކްގައި ދިރި ހުންނެވީ ސްރީލަންކާގެ ރިޓަޔަރޑް، ފީލްޑް މާޝަލް ސަރަތު ފޮންސެކާއެވެ.

ޕާކިސްތާންގެ ކުރީގެ ފީލްޑް މާޝަލް އައްޔޫބު ޚާން ވަނީ އަވަހާރަ ވެފައެވެ. އިންޑިއާގެ ދެ ފީލްޑް މާޝަލުން ކަމަށްވާ މަނެންކްޝޯއާއި ކަރިއައްޕާ ވެސް ވަނީ އަވަހާރަވެފައެވެ.

އާސިމް މުނީރުގެ ތަރި ވިލާދީ، އޮޕަރޭޝަން ބުންޔާނުން މަރުސޫސުންނެވެ. އޭނާއަކީ ކުރިން ބާލާކޯޓުގެ ދުވަސްވަރު ސިފައިންގެ ޖާސޫސީ އިދަރާގެ އިސްވެރިއަކަށް ހުންނވި ފަރާތެވެ. ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވަނީ އާސިމް މުނީރު ޕްރޮމޯޓު ކުރެއްވުމުގެ ޚިޔާލަކީ އޭނާގެ އައިޑިއާއެއް ކަމަށެވެ. ފީލްޑް މާޝަލްގެ މަޤާމަކީ ސިފައިންގެ ފަސް ތަރީގެ މަޤާމެކެވެ. މި މަގާމު ލިބިވަޑައިގަންނަވަނީ އާދަޔާޚިލާފަށް މަތީފެންވަރުގެ ހުނަރެއް ދައްކަވާ ޖެނަރަލުންނަށެވެ.

އެންމެ ގިނަ ފީލްޑް މާޝަލުން މިއަދާ ހަމައަށް ތިބީ ޔޫކޭ 141 އެވެ. އެއަށްފަހު، 64 ފީލްޑް މާޝަލުން ތިބި ރަޝިޔާއެވެ. އަދި 3 ވަނައަށް 10 ފީލްޑް މާޝަލުންނާއެކު ޗައިނާ އެވެ. ތުރުކީ އިންޑިއާ ޕާކސްތާނުން ކުރެ ކޮންމެ ގައުމެއްގައި 2 އެވެ. 

ހިއްސާ ކުރައްވާ!