ކުއެޓާގެ ނޫސްވެރިއެއް ކަމަށްވާ އަބްދުލް ލަތީފް ބަލޫޗް ވަނީ އަވަރަން ޑިސްޓްރިކްޓްގެ މަޝްކީ ސަރަހައްދުގައި ބަޑިޖަހައި މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބަޑިޖެހި މީހުން ވަނީ ނޫސްވެރިޔާގެ ގެއަށް ވަދެ އޭނާ ވަގަށް ނަގަން މަސައްކަތްކޮށްފަ އެވެ. އޭނާ ދެކޮޅުވެރިކަން ހުށަހެޅުމުން ވަދެގަތް މީހުން ބަޑިޖަހައި އޭނާ މަރާލި އެވެ.
ގާތިލުން ވަނީ ފިލައިގެން ގޮސް ފައެވެ. އެމީހުން ހައްޔަރު ކުރެވޭ ގޮތެއް އަދި ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.



