ފެން ބަންދުކުރުން ގާނޫނާ ޚިލާފު ކަމަށް ޕާކިސްތާން ބުނެފި

އިންޑަސް ވޯޓާސް ޓްރީޓީ ސަސްޕެންޑް ކުރަން އިންޑިއާއިން އަމިއއލައަށް ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ނުރައްކާ ބޮޑު ކަމެއް ކަމަށާއި އެއީ 240 މިލިއަނަށް ވުރެން ގިނަ މީހުންގެ ދިރިހުރުމަށް ނުރައްކާވާ ކަމަށް ޕާކިސްތާނުން އދވެ ސަލާމަތީ މަޖިލީހުގައި ބުނެފިއެވެ.

 ހަނގުރާމައިގައި ފެން ހިމާޔަތްކުރުމާ ބެހޭ ގޮތުން ހުކުރު ދުވަހުގެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން ވަނީ އެފަދަ އަމަލުތަކުގެ ސަބަބުން އިންސާނީ ކާރިސާއެއް ފެށުމުގެ ކުރިން ނުވަތަ ސަރަހައްދު ހަމަނުޖެހުން ދިއުމުމުގެ ކުރިން ދުނިޔޭގެ މުޖުތަމައުން ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

"މިއީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި މުއާހަދާތަކުގެ ގާނޫނާއި އާދަކާދައާ ބެހޭ ބައިނަލްއަގްވާމީ ގާނޫނާއެކު ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް،" ސްލޮވޭނިއާ އިން ބޭއްވި އާރިއާ ފޯމިއުލާ ބައްދަލުވުމުގައި ވޯލްޑް ބޮޑީގައި ޕާކިސްތާނުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ސަފީރު އުސްމާން ޖާދޫން ވިދާޅުވި އެވެ.

"މުއާހަދާއުން އެކަހެރި ވުމަށް އިންޑިއާއިން ގާނޫނާ ހިލާފަށް އިއުލާން ކުރި އިއުލާން ވަރަށް ބޮޑަށް ކުށްވެރިކޮށް، އިންޑިއާގެ ގާނޫނީ ވާޖިބުތަކަށް ހަރުކަށިކޮށް އިހުތިރާމްކޮށް  އަމަލުކުރުމަށާއި ޕާކިސްތާނުގެ 240 މިލިއަން މީހުންގެ ދިރިއުޅުމުގެ އަސާސެއް ކަމަށްވާ ކޯރުތައް ހުއްޓުވުމާއި، އެއްފަރާތްކުރުމާއި، ހަނިކުރުމުން ދުރުހެލިވުމަށް ގޮވާލާ ކަމަށް ޕާކިސްތާން އިން ބުންޏެވެ.

ހިއްސާ ކުރައްވާ!