ހޯމަ ދުވަހުގެ ހަވީރު ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ޕްރިމިއާ ލީގު ޓްރޮފީ ޕެރޭޑްގައި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. ސަޕޯޓަރުންގެ ތެރެއަށް ކާރެއް ވައްދާލުމާ ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
މާސީސައިޑް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހައްޔަރުކުރެވުނު މީހާއަކީ ލިވަޕޫލް ސަރަހައްދުގެ އުމުރުން 53 އަހަރުގެ ދޮން އިނގިރޭސި މީހެކެވެ. އަދި ހާދިސާގެ ހާލަތާ މެދު ލަފާ ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ޕޮލިސް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހަވީރު ލިވަޕޫލް ސިޓީގެ މެދުތެރޭގައެވެ. ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން، ކާރެއް ވަނީ ގިނަ އަދަދެއްގެ ހިނގާބިނގާވެ އުޅުނު މީހުންނާ މުޑިއަރުވާ ފައެވެ. އަދި ކާރު އެ ހާދިސާ ހިނގި ތަނަށް މަޑުކޮށްލިއިރު ފިރިހެނަކު ވަނީ ހިފަހައްޓާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ލީގު ޗެމްޕިއަންކަން ފާހަގަކުރުމަށް ބޭއްވުނު އޮޕަން ޓޮޕް ބަސް ޕެރޭޑެއްގައެވެ. މި ޕެރޭޑްގައި ބައިވެރިވި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ސިޓީ ފުރާލާފައެވެ.
ފުލުހުން މިހާރު ވަނީ މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައެވެ.






