ފަލަސްޠީނު މީހުން އޮރިއާން ކުރިކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް މައްސަލަ ހުށަހެޅިފައިވާ ޔަހޫދުންގެ ބޮޑުވަޒީރު ނަތަންޔާހޫ، ވަނީ އެތައް ހާސް ފަލަސްތީނު މީހުން ޣައްޒާއިން ހައްޔަރުކޮށް، އެމީހުންގެ އަތުގައި ގޮވާތަކެތަކެތި ނެތްކަން ޔަޤީންކުރުމަށް ކަމަށް ބުނެ އެމީހުން އޮރިޔާން ކުރި ކަމަށް އެއްބަސްވެ އިޢުތިރާފުވެފައެވެ. އެހެންނަމަވެސް، ޣައްޒާ މީހުން ބަނޑަށް ޖެއްސިމަމަށް އޭނާ އިންކާރު ކުރެއެވެ. މިއީ 600 އަށްވުރެ ގިނަ ދުވަހުގެ ހަނގުރާމައަށްފަހު ޣައްޒާގެ އާބާދީ "މިހާތަނަށް ނުދެކޭފަދަ ބަނޑުހައިހޫނުކަމުގެ މިންވަރަކަށް" ވާސިލުވެފައިވާކަން ކަށަވަރުކޮށްދޭ އދ. ގެ ރިޕޯޓުތަކާ ޚިލާފަށް ޔަހޫދީ ކަލޭގެ ދައްކާފައިވާ ވާހަކައެކެވެ.

ނަތަންޔާހޫ ވަނީ އަންގާރަ ދުވަހު ބާއްވާފައިވާ "ޔަހޫދީންނަށް ނަފްރަތުކުރުމާ ދެކޮޅަށް ބާއްވާ ބައިނަލްއަޤްވާމީ ޖަލްސާ" ގައި ވާހަކަ ދައްކާފައެވެ. މިއީ ޔަހޫދީންގެ ދައުލަތުން ގަތުލުއާންމު ހިންގާކަމަށް ދުނިޔެއިން ބުނާތީ އެކަމުން ރެކި ގަތުމަށް ކުރާ ޕްރޮޕެގެންޑާއެކެވެ.

ޔަހޫދީންގެ ބުރުސޫރަ ރީތިކުރުމަށް މި ޖަލްސާ ބޭއްވީ ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ކަމަށްވާ ޣުދުސްގައި ޔަހޫދީންގެ ޚާރިޖިއްޔާ އިންނެވެ. އިބްރާނީ ނޫސް "ޔެދީއޯތް އަހްރޯނޯތް" އިން މިކަން ރިޕޯޓުކޮށްފައި ވެއެވެ.

ނެތަންޔާހޫ ބުންޏެވެ:

"އަހަރެމެން އެތައް ހާސް ފަލަސްޠީނު މީހުން ނަގައިގެން ގެނެސް، އެމީހުންގެ ފޮޓޯނަގައި، އެމީހުން އޮރިޔާން ކޮށް ތަކެތި ބޭލުވިން. އެއީ އެމީހުންގެ އަތުގައި ގޮވާ ކަމަރު ފަދަ އެއްޗެއް އަޅާފައި ނެތްކަން ޔަގީން ކުރުމަށް. އެތައް ހާސް ފަލަސްޠީނު މީޙުން އޮރިޔާން ކުރުވިން. އެއިން އަނަރޫފަ އެކަކުވެސް ނުފެނޭ. ފެންނަނީ ދިމާ އިދިކޮޅު މަންޒަރެއް." މިއީ ޣައްޒާގެ އާބާދީ ބަނޑަށްޖެއްސުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް އިޒްރޭލަށް ކުރެވޭ ތުހުމަތުތައް ދޮގުކުރުމަށް ކުރަމުން ޔަހޫދީ މުޖުރިމު ކަލޭގެ ބުނި ވާހަކައެވެ.

ނަމަވެސް، އޭނާގެ ވާހަކައަށް ފުޅާ ދާއިރާއެއްގައި މީހުން ވަނީ ކުށްވެރިކޮށްފައެވެ. އެއީ އިޒްރޭލުން "ބަނޑަށްޖެއްސުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި" ޔަހޫދީން ބޭނުން ކުރަމުންދާ ކަންސާބިތުވާތީ އެވެ.

ހިއްސާ ކުރައްވާ!