ބޮލީވުޑްގެ ރޮމާންސް ސީޒަން އަނެއްކާވެސް އަނބުރާ އައިސްފިއެވެ. މިފަހަރު އެކި ސަގާފަތްތަކުގެ ލަވްސްޓޯރީއަކާ އެކުގައެވެ. ސިދާރތް މަލްހޯތްރާ އާއި ޖާންވީ ކަޕޫރް ވަނީ އެ ދެ ތަރިން ކުޅޭ އައު ފިލްމެއްގެ ޓީޒަރ ރިލީޒް ކޮށްފައެވެ.
މެއި 29 ގައި ރިލީޒްކުރި 'ޕަރަމް ސުންދަރީ' ގެ 55 ސިކުންތުގެ ޓީޒަރުގައި ދައްކާލަނީ އުތުރާއި ދެކުނުގެ ސަރަޙައްދީ ތަފާތުތަކުގެ ސަބަބުން ވަކިވެފައިވާ ލޯބިވެރިންގެ ވާހަކައެވެ. މި ފިލްމުގައި ސިދާރަތް ކުޅެނީ އުތުރު އިންޑިއާގެ ޕަރަމް ގެ ދައުރެވެ. ޖާންވީ ކުޅެނީ ދެކުނު އިންޑިއާގެ ސުންދަރީ ގެ ދައުރެވެ.
ކެރަލާގެ ރީތި މަންޒަރުތަކާއެކު ފެނިގެންދާ މި ފިލްމުގެ ޓީޒަރުގައި ރޮމެންޓިކް މަންޒަރުތަކާއި، ޑާންސް ސީކުއެންސްތަކާއި، ޝިފޮން ސާރީގައި ޖާންވީ ގެ ހުނަރުވެރި އަދާކުރުންތައް ފެނިގެންދެއެވެ. އަދި ހައިރާންކުރުވަނިވި މަންޒަރެއްގެ ގޮތުގައި ބޮޑު ވަޅިއެއް ހިފައިގެން ޖާންވީ ހިނގާ މަންޒަރާއި، ގުންޑާއިން ސިދާރތްގެ ފަހަތުން ދުވާ މަންޒަރުވެސް ހިމެނެއެވެ.
މި ރޮމެންޓިކް ޑްރާމާގެ ޓީޒަރުގައި ސޯނޫ ނިގަމްގެ މިއުޒިކާއި، ދެ ލީޑް ތަރިންގެ ކެމިސްޓްރީ ވަރަށް ފުރިހަމައަށް ފާހަގަކުރެވެއެވެ. އަދި ފޭންސުންވެސް ވަނީ މި ޓީޒަރަށް ބޮޑު ތަރުހީބެއް ދީފައެވެ.
"ސިދާރތް މަލްހޯތްރާ ރޮމް-ކޮމް ބޯއިގެ ގޮތުގައި އަނބުރާ އައިސްފި،" އެއް ފޭނަކު ކޮމެންޓް ކުރިއެވެ. އަނެއް ފޭން ލިޔެފައިވަނީ "ޖާންވީ ކަޕޫރް ދެކުނު އިންޑިއާގެ ޕްރިންސެސްގެ ގޮތުގައި ވަރަށް ރީތި" އަދި އެހެން ފޭނެއް ލިޔެފައިވަނީ "ސިދާރަތް-ޖާންވީ ވަރަށް ރީތިކޮށް ފިޓްވޭ" މިފަދައިންނެވެ.







