އަސޭކަރައިގައި 100 އެތިފަހަރުން ތައުޒީރުކޮށްފި

އިންޑޮނޭޝިއާގެ އަސޭ ޕްރޮވިންސްގައި ފިރިހެނަކާއި އަންހެނަކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސްވުމުން، އިސްލާމީ ޝަރީއަތާ އެއްގޮތަށް އާންމުންނަށް ދައްކައިގެން 100 އެތިފަހަރުން ހައްދުޖަހައި ތައުޒީރުކޮށްފިއެވެ.

ބަންޑާ އަސޭގެ ޕާކެއްގައި ކުރިއަށް ގެންދިޔަ ތައުޒިރު ކުރުމުގެ މި އަދަބު ދިނުމުގެ މަންޒަރު ބެލުމަށް މީހުން އެއްވެ ތިއްބެވެ. މި މީހުން ތައުޒީރުކޮށްފައި ވަނީ ދުއްރައިން ތަޅައިގެންނެވެ. އަދި އަނެހން މީހާ ތައުޒީރު ކޮށްފައި ވަނީ އަންހެން ދޭވާނީއެކެވެ.

އަސޭކަރަ އަކީ އިންޑޮނޭޝިއާގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރާ ހަމައެކަނި ސަރަޙައްދެވެ. މި ސަރަޙައްދުގައި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން އަދި އެކަހެރިވުން މަނާކޮށްފައިވެއެވެ.

މިމީހުންގެ އިތުރުން، އިތުރު ތިން މީހަކު ވަނީ ބަނގުރާ ހިތްޕެވިކަމުގެ ކުށުގައި ޖުރިމާނާކޮށް، އޮނަފަންސާސް އެހިފަހަރުން ތައުޒީރުކޮށްފައެވެ.

މި އަދަބާ ގުޅޭ ގޮތުން ބަންޑާ އަސޭގެ މޭޔަރު އިލިޒާ ސަޢުދުއްދީން ޖަމާލް ވިދާޅުވެފައިވަނީ މިއީ "އަޚްލާޤީ ފިލާވަޅެއް" ކަމަށާއި އަދި "ތައުބާވުމަށް މަގެއް" ކަމަށެވެ.

މި ތައުޒީރު ކުރުމަކީ ޖަމާއަތުގެ ފެންވަރުގައި އަސޭގެ ރައްޔިތުންގެ މެދުގައި މަގްބޫލު އަދަބެކެވެ. އަސޭގައި ހައްދުޖެހުމާއި ތަޒީރު ކުރެވޭ ހިނދު، މެޑިކަލް އެހީތެރިކަމެއް ބޭނުންވެދާނެ ކަމަށް ބަލައި، މެޑިކަލް ޚިދުމަތްތައް ތައްޔާރީ ހާލަތުގައި ބާއްވައެވެ.ADV

ހިއްސާ ކުރައްވާ!