ލ. ގަމުގެ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާ

ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ 7:00 ހާއިރު، އުތުރުން ދެކުނަށް ދުއްވަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ.

ސައިކަލް ދުއްވަން އިން މީހާއާއި އޭނާގެ ފަހަތުގައި އިން މީހާއަކީ އުމުރުން 44 އަހަރުގެ 2 ފިރިހެނުންނެވެ. ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާގެވެސް ބޯފަޅައިގެން ގޮސް، ކަނާތު ފައިގެ ދެ ތަނަކުން ބިނދި، އިތުރު ޒަޚަމްތަކެއްވެސް ވެފައި ވެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް އެކި ވަރުގެ ގެއްލުންތައް ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!