އީރާނުން ހަމަލަ ދިނުމަށްފަހު

67 މީހުން ހަސްފަތާލކަށް ގެންގޮސް ދީފިން: އިޒްރޭލުގެ އެހީ ދޭ ޖަމުއިއްޔާ


ބޮލާ ފޮށާ އެޅިފަ؟ )އިޒްރޭލް)


އާދަޔާ ޚިލާފް ގަދަ އަޔެއް ދޯ؟ (އިޒްރޭލް)


އިޒްރޭލުން ހަމަލަ ދޭއިރު ފަލަސްޠީނު ގެ ޝުއޫރުތައް ހުންނާނީ ކިހިނެއްބާ؟

އީރާނުން ހަމަލަ ދިނުމަށްފަހު:

އިޒްރޭލު ކާން ރޭޑިއޯ: 3 މީހަކު ޒަޚަމް ވެއްޖެ. ދެ މީހަކު ވަނީ ގެއްލިފައި


އިޒްރޭލު ޗެނަލް14: ނަތަންޔާހޫ ބޭނުން ވަނީ ވެރިކަމުގައި ހުރުމަށް އީރާނާ އެކު ދިގު މުއްދަތަކަށް ހަމަނުޖެހުން ބާއްވަން. އޭނާ ބޭނުމީ އީރާންގެއެތެރެގެ ގަޑުބަޑުކޮށްލަން: ޗެނަލް 14 ގެޑިޕްލޮމެޓިކް މުރާސިލު ތާމިރް މޯރާގް


ތުރުކީން އުފައްދފައިވާ 5 ވަނަ ޖީލުގެ އެޑްވާންސް މަތިންދާބޯޓްތަކުގެ 48 ބޯޓް އިންޑޮނޭޝިއާއިން ގަނެފި


ޣައްޒާއަށް މެލޭޝިޔާގެ ބަޔަކު ފުޅަނދު ބުރެއް ބާއްވަން ނިންމައިފި. އެއް ހާސް ފުޅަނދުގެ މިދަތުރު ިއންތިޒާމު ކުރަނީ އަޒްމީ އަބްދުލް ހަމީދު، މެލޭޝިއާގެ އިސްލާމީ ޖަމުއިއްޔާތަކުގެ ރައީސް އެވެ.


އާދީއްތަ ދުވަހު ނެދަރލެންޑްސްގެ ދަ ހޭގްގައި ފަލަސްޠީނުގެ ތާއީދުގައި ނިކުތް މީހުން


ފަލަސްޠީނުގެ މިނިވަންކަމަށް ސަޕޯޓުކުރާ ޔަހޫދީއަކާއި ފަލަސްޠީނު މީހަކު މިއަހަރގެ ނޯބެލްގެ އިނާމަށް ނަން ހުށަހަޅައިފި


ގައްޒާއަށް ވަންނަން ވެގެން މިސްރަށް ދަތުރުކުރި ގާފިލާގެ 200މީހުން މިސްރުން އަދިވެސް ހިފަހައްޓާފަ.


އެމެރިކާގެ ބޮސްޓަންގައި އިޒްރޭލު ބަޔަކު ހިންގާ ރެސްޓޯރެންޓަކަށް މީހަކު އެއްލާލި ބަރު މެސެޖެއް:


ކުއްލި ހާލަތުގައި އިޒްރޭލުން ނެރޭ އިއުލާންތައް ހުންނަ ގޮތް:


އީރާނުން އިޒްރޭލު ރައްޔިތުން ރޭ ނިދިޔަ ނުދީ އިރުއިރުކޮޅާ ބިންގަރާހަށް ވައްދައި ނެރެ ހެދި


ޔަހޫދީން މިހާ އަވަހަށް ޗަންދާ ހޯދަން ފަށައިފި


ދަންވަރު ހީސްލާން ތެދުވެ ގޭގެ ލިވިން ރޫމަށް ދާން ދިޔައިރު ލިވިންގ ރޫމެއް ނެތް: އިޒްރޭލުގެ ރައްޔިތު މީހާ ޑެބޯރާ


އީރާންގެ އިންގިލާބީ ސިފައިން: ގަދަ ބާރުން ހިފާފައިވާ ބިމެއްގައި އިންދާފައިވާ މަސްނޫއީ ދައުލަތުގެ ނިޒާމު ނައްތާލެވެންދެން އީރާނުން ހަމަލަތައް ދަމަހައްޓާނެ.


އީރާނަށް ލިބިފައިވާ އިޒްރޭލުގެ ސިއްރު ނިއުކްލިއަރ ލިޔުންތަކުން އެނގޭ ގޮތުގައި ޔޫރަޕްގެ ގައުމަކުން ވަނީ އިޒްރޭލަށް ނިއުކްލިއަރ ބޮން އުފެއްދުމަށް އެހީތެރިވެ ދީފައި: އީރާނުގެ ނިއުކްލިއަރ އެޖެންސީގެ ރައީސް މުޙައްމަދު އިސްލާމީ


އިޒްރޭލު މީޑިއާގެ ބްރޭކިންގ ނިއުސް: 3 މަރު | ހައިފާގެ އިންޖީނުގޭގައި އަލިފާން ރޯވެ އަދަނީ.

އީރާނުގެ ހަމަލައެއް މީގެ 10 މިނެޓް ކުރިން އަމާޒު ކުރި


އިޒްރޭލާއި އެމެރިކާގެ ދެބޯ ގެރި ދުއްވުން:

އީރާނުގެ މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ނަފްސާނީ ހަނގުރާމަ ކުރުމުގެ ގޮތުން އީރާންގެ އިމާމް އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލަން ޕްލޭނެއް ހަދައި އިޒްރޭލުން ޓްރަމްޕާ މަޝްވަރާ ކުރިކަމަށް ބުނާ ވާހަކަ މީޑިއާއަށް ފާއްދާލުން


އިންޓަރނޭޝަނަލް އެނާޖީ އެޖެންސީއާ ގުޅުން ކަނޑާލުމާ ބެހޭ ގޮތުން ބަހުސް ކުރުމަށް އީރާން ޕާލަމެންޓްގައި ތާވަލު ކޮށްފިން: ރިއާސީ މެމްބަރު ރޫހުﷲ މުތަފައްކިރު އާޒާދު

އީރާނުން ދެކެނީ އިންޓަރނޭޝަނަލް އެނެޖީ އެޖެންސިއާއި އެ ޖެންސީގެ އާޖެންޓީނާއަށް ނިސްބަތް  ވާ ރައީސަކީ އިޒްރޭލާއި އެމެރިކާގެ އެޖެންޓުން ކަމަށް.


ތެލްއަވީވްގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުން: އިޒްރޭލު މީޑިއާ


ޓލްއަވީވްގެ 3 ތަނެއްގައި މީހުން އިމާރާތްތަކުގެ ދަށުވެފައި އެބަތިބި.

އަދި 3 މީހުން މަރުވި ކަން ޔަގީންކޮށްދިފި: އިޒްރޭލު މީޑިއާ


އިޒްރޭލުގެ ޗެނަލް12: އިޒްރޭލުގެ ސަލާމަތީ ކެބިނެޓްގެ މަޝްވަރާއާ ހަވާލާދީ، އީރާންގެ ހަމަލަތަކުން އިޒްރޭލުގެ 800 މީހުން މަރުވެ 4 ހާސް މީހުން ޒަޚަމްވެފައިވާނެ ކަމަށް ލަފާ ކުރޭ. އިޒްރޭލުން އެއްވެސ ްމައުލޫމާތެއް ބޭރު ކުރުން މަނާކޮށްފައިވާތީ މީޑިއާއަށް އިތުރު ތަފްސީލެއް ނުލިބޭ.


މެދުއިރުމަތީގެ ހާލަތު ދިރާސާ ކުރުމަށް މާދަމާ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ވެރިންގެ މަޝްވަރާ ބައްދަލުވުމއް.


ސައޫދީ އަރަބިއްޔާއިން ނިއުޔޯކް ޓައިމްސްގައި ޝާއިއުކޮށްފައި ފަލްސަފާ ވެރި 150 މަޒްމޫނު އަރަބި ބަހަށް ތަރުޖަމާ ކުރުމަށް ޚާއްސަ މަސައްކަތެއް ފަށަނީ


ތެޔޮ ފީފާއެއްގެ އަގު މިއަދު އަދި އުލެނީ 75 ޑޮލަރުގައެވެ. ޖޭޕީ މޯގަންގެ ލަފައަކީ 130 ޑޮލަރަށް އުފުލި 150އާ ހަމައަށް މަތިވާނެ ކަމަށް.

މީގެ ކުރީގެ އަޕްޑޭޓްތައް:

އިޒްރޭލު: ކުއްލި ހާލަތު އެތައް މަހަކަށް ދެމި އޮވެދާނެ

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް