ކޮނޅުބުގައި ހުންނަވާ ސަފީރު މަސްއޫދު އިމާދާ ހަވާލާދީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޑިއުޓީ ފްރީ ޒޯނެއް އުފައްދާ ވާހަކަ ލަންކާ މީޑިއާގައި ތިލަ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދިވެހި ސަރުކާރުގެ މަސްއޫލުވެރިން މިކަމާ ގުޅިގެން ހިމޭނުން ތިބުމަށް ފަހު މިއަދު ކުއްލިއަކަށް ބަޔާނެއް ނެރެފިއެވެ.
ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އެކްސްގައި މިއަދު ލިޔުއްވަނީ:
"ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން. އެއީ މިހާތަނަށް ހިޔާލު ކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއްވެސް ނޫން."

