ޗައިނާއިން 0.6 ސެންޓިމީޓަރުގެ ޑްރޯނެއް ތަރައްގީކޮށްފި

ޗައިނާއިން، ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރުމަށްޓަކައި، އެންމެ 0.6 ސެންޓިމީޓަރުގެ ކުޑަ، ޑްރޯނެއް ތަރައްގީކޮށްފައިވާކަން ހާމަކޮށްފިއެވެ. މި ޑްރޯނަކީ، ޗައިނާގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީ (NUDT) އިން ތަރައްގީކޮށްފައިވާ، އައު ޒަމާނުގެ އީޖާދީ ހަތިޔާރެކެވެ.

މި ޑްރޯނު ފަރުމާ ކޮށްފައި ވަނީ، މަދިރިއެއް އުދުހޭ ހެންނެވެ. މި ޑްރޯންގެ ކުޑަ ފިޔަތަކުން އުދުހި، ސިއްރުން ހަރަކާތްތަކަށް ފާރަވެރިވެ، އިންޓެލިޖެންސް އެއްކުރުމަށް މަސައްކަތް ކުރާނެއެވެ. މި ޑްރޯނުގައި ސެންސަރުތަކާއި، ކެމެރާތަކާއި، މައިކްރޯފޯނުތައް ވެސް ހަރުކޮށްފައި ހުރެއެވެ.

މި ޑްރޯނު އާންމުންނަށް ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ، ޗައިނާގެ ސަރުކާރުގެ ޓީވީ ޗެނަލް ސީ.ސީ.ޓީ.ވީ 7 އިންނެވެ. މިއީ ހަނގުރާމައިގެ މައިދާނުގެ ހާލަތު ދެނެގަތުމަށް ބޭނުންކުރެވިދާނެ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް