ބަނގްލަދޭޝްގެ އެތެރޭގައި އަންނަމުންދާ ބަދަލުތަކާއެކު "ބޮޑު ބަންގްލަދޭޝް" އެއްގެ މަފްހޫމެއްގެ ވާހަކަ މިހާރު އާންމުންގެ ބަސްދީގަތުމުގައި ތިލަވާން ފަށައިފިއެވެ. މި މަފްހޫމަކީ އަލަށް ސަމާލުކަން ލިބެމުންދާ ޖިއޯޕޮލިޓިކަލް ތަޞައްވުރެކެވެ. މި ޚިޔާލަކީ ބަންގްލަދޭޝްގެ ސަރަހައްދީ އަދި ސަގާފީ ނުފޫޒު ފުޅާކުރުމަށް ބާރުއަޅާ ފިކުރެއް ކަމަށް ބެލެވެއެވެ. ބަނގްލަދޭޝްގެ މި ސިޔާސީ އައު ފިކުރަށް، ތުރުކީގެ ދައުލަތުން ހިތްވަރުދޭ ކަމަށް ބެލެވެއެވެ. އަދި އަވަށްޓެރިން ދެކެނީ މިއީ، ސަރަހައްދުގެ ސިޔާސީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތަކެއް ކަމަށެވެ.
"ބޮޑު ބަންގްލަދޭޝް" ގެ މި މަފްހޫމުގައި އިސްލާމީ ފިކުރާއި، ބަނގްލަދޭޝްގެ ހައްދުފަހަނައަޅާފައިވާ ޤައުމިއްޔަތުގެ ވިސްނުންތައް އެއްކޮށްފައިވެއެވެ. "ބޮޑު ބަންގްލަދޭޝް" ގެ ވިސްނުމަކީ، އިންޑިއާގެ އިރުމަތީ އުތުރު ސަރަހައްދުތަކާއި މިޔަންމާގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށްގެން މުސްލިމުންނާއި ބަހުގެ ގޮތުން ބަނގްލަދޭޝްއާ އެއް ޚިލާތުގެ މީހުން އެއްކޮށްލުމުގެ ވިސްނުމެކެވެ. މި ފިކުރަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތްކުރަނީ ބަންގާޅު ބަހުން ވާހަކަދައްކާ އާބާދީތައް އެއް ދައުލަތެއްގެ ދަށަށް ގެނައުމަށެވެ.
މި އެޖެންޑާ ކުރިއެރުވުމުގައި ތުރުކީގެ ދައުލަތުން ދަނީ ހިތްވަރު ލިބެމުންނެވެ. އަދި މި ސްޓްރެޓެޖީގެ މަޤްޞަދަކީ އިންޑިއާގެ ސަރަހައްދީ ނުފޫޒަށް ގޮންޖެހުމެވެ.
އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ފިކުރު ފެތުރުމަށް ރޭވިގެން ހިންގޭ ކެމްޕޭންތަކެއް މިހާރު ވަނީ ފެށިފައެވެ. މީސްމޑީއާގެ ވަސީލަތްތަކުން ދަނީ ބައިބައިވުމަށް މަގުފަހިވާ މެސެޖުތައް އާންމުކޮށް މަގުފަހިކޮށް ދެމުންނެވެ. އަދި ވަކިވަކި ސަރަހައްދުތަކުގައި ވަކިވެގަތުމުގެ ހަރަކާތްތަކަށް އެހީތެރިވުމާއި ވަސީލަތްތައް ފަހިކޮށްދިނުން ހިމެނެއެވެ.
މިހާތަނަށް ލިބެން ހުރި މައުލޫމާތުން، ބަންގްލަދޭޝްގެ ސަރުކާރުން މި ސިޔާސީ މަފްހޫމަށް ރަސްމީކޮށް ތާއީދުކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފެތުރުމަށް ފަހިކޮށްދެއެވެ.
ސަރަހައްދީ ސަލާމަތީ ތަޖުރިބާކާރުން އިންޒާރުދެނީ މީގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދުގައެވެ. މި ވާހަކަތައް މި ގޮތަށް ދަނީނަމަ، ނަސްލީ ހަމަނުޖެހުންތަކާއި ބޯޑަރުގެ މައްސަލަތަކަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.
މި ސިޔަސީ ފިކުރު އަމާޒުކޮށްފައިވާ ސަރަހައްދުތަކުގައި މައްސަލައަކަށް ދިމާވާނީ، އެ ތަންތާނގައި ދިރިއުޅޭ ބައިމަދު މީހުންނަށް ނާޒުކު ކަން އިތުރު ވުމެވެ. އިންޑިއާގެ އިންޓެލިޖެންސް ފަރާތްތަކުން ދަނީ ބަދަލު ވަމުންދާ މި ފިކުރީ މަންޒަރު ދިރާސާ ކުރަމުން ކަމަށް ވެއެވެ.
